logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާއިން ޝަހީދުކުރި މީހުންގެ އަދަދު 60،000 އިން މައްޗަށް

އަޙްމަދު ޒަލީފް
30 ޖުލައި 2025 - 11:09
ޣައްޒާއިން ޝަހީދުކުރި މީހުންގެ އަދަދު 60،000 އިން މައްޗަށް

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 60,034 އަށް އަރާފައިވާ ކަމަށް އެ ސަރަޙައްދުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާއިން މިހާރު ކާބޯތަކެތި އެއްކޮށްހެން ހުސްވެފައިވާއިރު، ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 147 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 88 ކުޑަކުދިން ވެސް ހިމެނެއެވެ. ޢުދުވާން ފެށުނު ފަހުން ޣައްޒާގައި ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 60،000 އަށްވުރެ އިތުރުވެފައެވެ. ޙަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ވަނީ ސުންނާފަތިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހިތާމަވެރި އަދަދަށް ވާސިލްވެފައިވަނީ އަންގާރަ ދުވަހުއެވެ. މިއާއެކު، ބަނޑުހައިހޫނުކަން މޮނިޓަރ ކުރާ ދުނިޔޭގެ ނިޒާމެއް ކަމަށްވާ އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ވަނީ ޣައްޒާގައި "ބަނޑުހައިހޫނުކަމުގެ އެންމެ ނުރައްކާތެރި ހާލަތު" ކުރިމަތިވަމުން އަންނަ ކަމަށް ބުނެ އިންޒާރުކޮށްފައެވެ.

ޣައްޒާއަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތުގެ ސަބަބުން ޔަހޫދީންނަށް މިހާރު ވެސް ދަނީ ބައިނަލްއަޤްވާމީ ފިއްތުންތައް ކުރިމަތިވަމުންނެވެ. ޔަހޫދީންނަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކުގެ ސަބަބުން ބައެެއް ވަގުތުތަކުގައި ޣައްޒާއަށް ޙަމަލާ ދިނުން މެދުކަނޑައިލައި އެހީގެ ސާމާނު އެތެރެކުރުމަށް ފުރުޞަތު ދިނުމަށް ވަނީ މަޖުބޫރުވެފައެވެ. ޖުލައި މަހުގެ 27ވަނަ ދުވަހުން ފެށިގެން އެ ފުރުޞަތު ދޭނެ ކަމަށް ޔަހޫދީން ބުނި ނަމަވެސް ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމުޢިއްޔާ، ޑަބްލިޔުއެފްޕީން ވަނީ ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ބޭނުންވާ ޙުއްދަތަޢް އެ ޖަމުޢިއްޔާއަށް ނުލިބޭ ކަމަށް ބުނެފައެވެ.

އޭޕްރީލް އާއި ޖުލައިމަހުގެ މެދުތެރެއާ ދެމެދު 20،000 އަށް ވުރެ ގިނަ ކުޑަކުދިންނަށް ކާނާނުލިބިގެން ޖެހޭ ބަލިތަކަށް ފަރުވާ ދީފައިވާއިރު، އޭގެ ތެރެއިން 3،000 އަށް ވުރެ ގިނަ ކުދިންގެ ހާލު ވަރަށް ސީރިއަސްއެވެ. ޔަހޫދީންނަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކުގެ ސަބަބުން ބައެެއް ވަގުތުތަކުގައި ޣައްޒާއަށް ޙަމަލާ ދިނުން މެދުކަނޑައިލައި އެހީގެ ސާމާނު އެތެރެކުރުމަށް ފުރުޞަތު ދިނުމަށް ވަނީ މަޖުބޫރުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިތުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފިޚަބަރު | 23 ދުވަސް ކުރިންގެއްލިގެން ދިޔަ ޣައްޒާގެ އަޑު: އަބޫ އުބައިދާ ދުނިޔެ | 4 މަސް ކުރިންދުވަހަކުވެސް ޣައްޒާއަކުން ނުފައިބާނަން: ކަޓްޒްދުނިޔެ | 4 މަސް ކުރިންހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެދުނިޔެ | 4 މަސް ކުރިން