logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފަތް ހުއްޓާލާ ރައްޔިތުންނަށް ފައިސާގެ އިނާމް، ސާވޭ ކުރިއަށް

އާމިނަތު ޝަފާ
8 އޯގަސްޓު 2025 - 04:02
ދުންފަތް ހުއްޓާލާ ރައްޔިތުންނަށް ފައިސާގެ އިނާމް، ސާވޭ ކުރިއަށް

ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލު ހޯއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޢަޒުމެއްކަމުގައި ތަކުރާރުކުރައްވައި، ބަހާއި ޢަމަލުންވެސް އެމަނިކުފާނު ގެންދަވަނީ އެކަން ދައްކަވަމުންނެވެ.

އެގޮތުން، 21 މޭ 2025 ގައި އެމަނިކުފާނު ވަނީ، ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވާފައެވެ. މިއާއެކު މިއަހަރުގެ ނޮވެންބަރު މަހު މި ބިލަށް ޢަމަލުކުރަން ފެށުމާއެކު، ދުންފަތުގެ ޖެނެރޭޝަނަލް ބޭން ރާއްޖޭގައި ތަންފީޒުކުރަން ފަށާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުންވެސް، ދުންފަތުގެ ބާވަތްތަކަށް ވާޞިލުވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީ އާއި އާލާތްތަކެއް ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަކީވެސް މި މަޤްޞަދުގައި ޤާނޫނީ ބާރު ލިބިދީގެން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކެވެ.

މި ކަންކަމުގެ އިތުރަށް ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާކުރައްވައި، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ރައީސް ވަނި އިރުޝާދުދެއްވާފައެވެ. އެފަދަ ރަށްރަށަށް ފައިސާގެ އިނާމެއް ދެއްވުމަށް އެމަނިކުފާނު ވިސްނާވަޑައިގެންފައިވަނީ، އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއްގެ ގޮތުގައެވެ. މިއީ، ދިވެހި މުޖުތަމަޢަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ އަބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ސާރވޭ އެއް ފަށައިފައެވެ.

މި ސާރވޭގެ މަޤްސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ އަބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމެވެ. އަދި މުޖުތަމައު ހޭލުންތެރިކުރުމާ ގުޅޭ ގޮތުންނާ، ތަންފީޛު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާމެދު އާންމުން ދެކޭގޮތާއި، ކުރިއަށް އޮތްތަނުގައި ރަގަނޅު ކުރުމަށް ފެންނަ ކަންތައްތައް ދެނެގަތުމެވެ. މި ސާރވޭގައި ބައިވެރިވާ އެއްވެސް ފަރާތެއްގެ މަޢުލޫމާތު ހާމައެއް ނުކުރާނެއެވެ. މި ސާވޭގެ ބައިވެރިންގެ މައުލޫމާތު ހާމަ ނުކުރާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

މި މަޢުލޫމާތުތައް ބޭނުން ކުރާނީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައާ އެކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައިކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ދުންފަތާ ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތުގެ އަގުވަޒަންކުރައްވައި، މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ އެވޯޑެއްވެސް ދެއްވާފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ފާހަކުރައްވާ ގޮތުގައި، މި މަސައްކަތްތަކަކީ ހަމައެކަނި ދިވެހި ރާއްޖެއަށް ލިބިގެންދިޔަ ކާމިޔާބީއެއް ނޫނެވެ. މި ކަމަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތް ވުމަށާއި، ދުންފަތުގެ ސަބަބުން ޞިއްޙީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމާޒުހިފާފައިވާ އެހެން ޤައުމުތަކަށްވެސް ވަރަށް ހަރުދަނާ ނަމޫނާއެކެވެ. މިރޮނގުން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އެ ޖަމުޢިއްޔާއިން ސިފަކޮށްފައިވަނީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ޞިއްޙަތާއި ދުޅަހެޔޮކަން އިތުރުކޮށްދޭނެ ތަސައްވުރެއްގެ ގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ވިންދަން ފަސްޖެހުމެއްނެތް ޚިދުމަތްތަކުގެ އައު ބާބެއްރިޕޯޓް | 14 ގަޑިއިރު ކުރިންމެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، އުފެއްދި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުތަކެއް!ޚަބަރު | ދުވަހެއް ކުރިން "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އުފައްދަވައިފިޚަބަރު | ދުވަހެއް ކުރިން "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" އުފައްދައިފިޚަބަރު | ދުވަހެއް ކުރިން