ބޮޑު ޗުއްޓީގައި މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއް މެލޭޝިއާ އަދި ބެންކޮކަށް
7 ސެޕްޓެމްބަރު 2025 - 11:37

ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ގައުމީ އެއަރލައިން- މޯލްޑިވިއަނުން މެލޭޝިއާ އަދި ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ގައުމީ އެއަރލައިނުން ބާއްވާ މި ދަތުރުތަކަށް ޓިކެޓު ބުކް ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މޯލްޑިވިއަންގެ ވެބްސައިޓު އަދި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ.
މި ދަތުރުތަކުގެ އަގު އުޅެނީ މެލޭޝިއާއަށް ދެކޮޅު ޓިކެޓު 355 ޑޮލަރަށް އަދި ބެންކޮކަށް 399 ޑޮލަރަށެވެ. މެލޭޝިއާއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރުން ޖަނައަރީ 11އަށް، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. އަދި ބެންކޮކަށް ދަތުރުތައް ބޭއްވުމަށް ހަމެހިފައިވަނީ ޑިސެމްބަރު 23 އިން ޖަނަވަރީ 13އަށް ކޮންމެ ހަފްތާއެއްގެ އަންގާރަދުވަހުއެވެ.
އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއަރލައިނުން މައުލޫމާތުދެއެވެ.

Ad by Hajj Corporation
މިފަހުން މޯލްޑިވިއަންއިން ވަނީ ޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން ޗައިނާއަށް ކުރާ ދަތުރުތަކަށް ހާއްސަ އަގުތަކެއްވެސް ހަމަޖައްސައިފައެވެ. އެގޮތުން ޝަންހާއީ، ޗެންގްދޫ އަދި ބެއިޖިންއަށް ކުރާ ދަތުރުތަކަށް ޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން ހާއްސަ އަގުތަކެއް މޯލްޑިވިއަނުން ވަނި ކަނޑައަޅާފައެވެ.


