ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ސެޕްޓެންބަރު ޢުމްރާއަށްދާ ހުރިހާ އުމްރާވެރިން ސައުދީއަށް
21 ސެޕްޓެމްބަރު 2025 - 10:42
.jpeg&w=3840&q=75)
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލެމުގެ ދަށުން އުމްރާއަށް ދާ ފަރާތްތައް ސައުދީ އަރަބިއްޔާއަށް ފުރައިފިއެެވެ.
އެ ކޯޕަރޭޝަނުގެ ހަވާލުގައި މި މަހުގެ އުމްރާއަށް ދިޔަ ޢުމްރާވެރިން ދަތުރު ކޮށްފައިވަނީ ގައުމީ އެއާލައިން- މޯލްޑިވިއަން އަދި ސައުދީ އެއަރ ލައިނުންނެވެ. އެކޯޕަރޭޝަނުން މައުލޫމާތުދޭ ގޮތުގައި ސައުދީ އެއަރ ލައިން ފުރާފައި ވަނީ ހުކުރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައެވެ. އަދި މޯލްޑިވިއަންގެ 2 ފުލައިޓް ފުރާފައިވަނީ ހޮނިހިރު ދުވަހު އެވެ.

Ad by Hajj Corporation
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ ފަރާތްތަކަށް ޢުމްރާގެ އިތުރުން މައްކާ އަދި މަދީނާ ޒިޔާރަތް ދަތުރުތަކާއި ރައުޟާ ދަތުރު އަދި ބޭނުންވާ ފަރާތްތަކަށް ހިރާ ކަލްޗަރަލް ސެންޓަރަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތާއި ބޭނުންވާ ފަރާތްތަކަށް ތާއިފު ދަތުރާއި އުމްރާ ކުރުން އަދި ޖިއްދާ ދަތުރުގެ ހިދުމަތް ލިބިގެންދާނެއެވެ.
ޢުމްރާގެ އަޅުކަމަށްފަހު އުމްރާވެރިން އެބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ 4،3 އަދި 5 ވަނަ ދުވަހުއެވެ.
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިވަގުތު މައްކާގައި ތިބި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅުކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.


