logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނުލާއި ހުދުގެ ލަޝްކަރު ފަސްބެލުމެއް ނެތި ކުރިޔަށް

އަބްދުﷲ ޣާނިމް
25 ސެޕްޓެމްބަރު 2025 - 18:16
ނުލާއި ހުދުގެ ލަޝްކަރު ފަސްބެލުމެއް ނެތި ކުރިޔަށް

ނުލާއި ހުދުގެ ލަޝްކަރުން ފުރަތަމަ ޑިވިޝަނަށް އެނބުރިއައިސް ފުރަތަމަ ޑިވިޝަނުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ލީގުގެ މޮޅުވުމުގެ ރެކޯޑް ދަމަހަށްޓައިފިއެވެ. މިމުބާރާތުގައި ނިއުރޭޑިއަންޓުން ކުޅުނު ދެވަނަ މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން މޮޅުވީ 2-0 ންނެވެ.

2019 ވަނަ އަހަރުގެ ފަހުން ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 6-0 އިން މޮޅުވި ނިއުއިން، މިރޭ ކުޅުނު މެޗުގައި ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަލޮޅު ދަނޑުގައި ކުޅުނު މިރޭގެ މެޗުގައި ނިއުގެ ލީޑުނެގި ލަނޑަކީ ދެވަނަ ހާފުގައި ހިލޭ ޖެހުމަކުން ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލެކެވެ. ލީގުގައި ޓީސީއާ އެކު ކުޅުނު މެޗުގައި ވެސް ސެންޓޭ ވަނީ ހިލޭ ޖެހުމުން ގޯލު ޖަހައިފައެވެ. މެޗުގެ އިތުރު ވަގުތުގައި ނިއުގެ ދެވަނަ ލަނޑު ޖެހީ ބްރެޒިލްގެ މިޑްފީލްޑަރު ގޯމޭސް ޑަ ސިލްވާ އެވެ.

މިރޭގެ މެޗަށް ނިއުއާ ހަވާލުވެ ހުރީ އަލީ ސުޒޭން އެވެ. އަދި ޔުނައިޓެޑް ވިކްޓަރީ އަށް އިރުޝާދުދެމުން އައީ ސުޒޭންގެ ކޮއްކޮ މުހައްމަދު ނަޒީހު އެވެ.

ލީގުގައި ފުރަތަމަ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދާފައިވަނީ ނިއުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. ޔުނައިޓެޑް ވިކްޓަރީ ވަނީ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބް އަތުން ބަލިވެފައެވެ.

މި ނަތީޖާއާއެކު ނިއުގެ ލަޝްކަރު ވަނީ މިފަހަރު މިމުބާރާތައް ނިކުމެތިބީ ސީދާ ތަށްޓަށް އަމާޒުހިފާފައިކަން ސާބިތުކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ނިއުރޭޑިއަންޓް އަންޑަރ 19 ޓީމުގެ ޓްރަޔަލް ހުޅުވާލައިފިކުޅިވަރު | 6 ދުވަސް ކުރިންވޭމަންޑޫ ވެޔޮ އެކަޑަމީން ނިއުގެ ތަރިން ބައިވެރިވި ފޯރިގަދަ ފުޓްސަލް މެޗެއްކުޅިވަރު | މަހެއް ކުރިންއީތަން ޒަކީ ނިއުއަށް ސޮއިކޮށްފައިވާ ކަމަށް ބުނެ ފަތުރާ ޚަބަރުތައް ކްލަބުން ދޮގުކޮށްފިކުޅިވަރު | މަހެއް ކުރިންޓީސީ ބަލިކޮށް ނިއުރޭޑިއަންޓުން 13 ވަނަ ފަހަރަށް އެފްއޭކަޕް ކާމިޔާބުކޮށް ކުލަބުގެ ތާޜީޚުގައި ރެކޯޑް 50 ތަށި ހަމަކޮށްފިކުޅިވަރު | 2 މަސް ކުރިން