logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނިއުގެ ނުލާއި ހުދުގެ ލަޝްކަރަށް އުފާވެރި ޚަބަރެއް: ކުލަބުގެ މެޗު ކޮލިޓީ ޖާޒީގެ ޕްރީ އޯޑަރަށް ހުޅުވާލައިފި

ޢައްފާން މުޙައްމަދު
28 ސެޕްޓެމްބަރު 2025 - 06:55
ނިއުގެ ނުލާއި ހުދުގެ ލަޝްކަރަށް އުފާވެރި ޚަބަރެއް: ކުލަބުގެ މެޗު ކޮލިޓީ ޖާޒީގެ ޕްރީ އޯޑަރަށް ހުޅުވާލައިފި

ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު އަދި އެންމެ ކާމިޔާބު ޓީމު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން، އެ ކުލަބުގެ ސަޕޯޓަރުންނަށް، ޓީމުގެ މެޗު ކޮލިޓީ ޖާޒީ ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނިއުރޭޑިއަންޓުން ބުނީ، އެ ކުލަބުގެ "އޯތެންޓިކް މެޗު ކޮލިޓީ ޖާޒީ" ގަތުމަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ އެ ޖާޒީގެ ޕްލެޔަރ ވާޝަންއަށްވާއިރު، ގިނަ ސަޕޯޓަރުން ބޭނުންވަނީ ވެސް، ދަނޑުމަތީގައި ކުޅުންތެރިން ކުޅޭ ޖާޒީ ވާޝަންކަން ފާހަގަކޮށްލެވެއެވެ.

އަގުހުރި މި ފުރުސަތުގައި އެ ކޮލިޓީގެ ޖާޒީ ގަންނަން ލިބެނީ 1000ރ އަށެވެ.

"މެންދުރުޓީވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިއްޔެ ޕްރީ އޯޑަރ އަށް ހުޅުވާލިފަހުން މިހާތަނަށް 180 ޖާޒީއަށް ވަނީ އޯޑަރ ލިބިފައެވެ.

ކުލަބު އެންމެ އަޑިއަޅާލި ވަގުތު ޓީމުގެ ފަހަތުގައި ތިބީ ދެގޮތެއްނުވާ ނުލާއި ހުދުގެ ލަޝްކަރުކަމަށްވާއިރު، މިއީ ވެސް، ކުލަބުގެ ކުރިމަގު އުޖާލާ ކުރުމުގެ ދަތުރުގައި ސަޕޯޓަރުންނަށް ބައިވެރިވާން ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަކޮށްލެވެއެވެ.

ޖާޒީގެ ޕްރީ އޯޑަރަށް ހުޅުވާލާފައިވާއިރު އަތްދިގު އަދި އަތްކުރު ޖާޒީ ވެސް ގަތުމުގެ ފުރުސަތު އެބައޮތެވެ.

ލިބެންހުރި ސައިޒްތަކަށް ބަލާއިރު ބޮޑެތި މީހުންނަށް، ސައިޒް ސްމޯލް އިން ފެށިގެން ގޮސް 6 އެކްސްއެލްއާ ހަމައަށް ލިބެން ހުންނާނެއެވެ. އަދި ކުޑަކުދިންނަށް، ކޭ2އެކްސްއެސް އިން ފެށިގެން ކޭ2އެކްސްއެލްއާ ހަމައަށް ލިބެން ހުންނާނެއެވެ.

ނިއުރޭޑިއަންޓުން ވަނީ، ޕްރީ އޯޑަރ ކުރަން ބޭނުންވާ ފަރާތްތަކުން 9111966 އަށް ގުޅުމުން އެ ފުރުސަތު ލިބޭނެކަމަށް ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިފެންސް ވަރުގަދަ ކުރުމަށް އިންޑިއަންސް ސުޕަލީގަށް ކުޅުނު ސްޕެއިނުގެ މަތިއަސް ހެނާންޑޭޒް ނިއުއަށް ސޮއިކޮށްފިކުޅިވަރު | 3 ދުވަސް ކުރިންނިއު ބަލިކޮށް މާޒިޔާއިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފިކުޅިވަރު | 23 ދުވަސް ކުރިންލީގު ފޭސްގެ ފަހު މެޗުގައި މާޒިޔާ އާއި ނިއު އެއްވަރު، ފައިނަލުގައިވެސް ވާދަކުރާނީ މި ދެޓީމުކުޅިވަރު | މަހެއް ކުރިންޓީސީގެ މެދުތެރޭގެ ތަނބު ޔަޒްދާން ނިއުރޭޑިއަންޓަށް ސޮއިކޮށްފިކުޅިވަރު | މަހެއް ކުރިން