އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިޔަނަށް
29 ސެޕްޓެމްބަރު 2025 - 04:52

އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިޔަނަށް އަރައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 27 ގެ ނިޔަލަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5998 ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނައިރު ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރެއިން ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ގައުމު:

Ad by Hajj Corporation
- ޗައިނާ: 258،679 ފަތުރުވެރިން
- ރަޝިއާ: 196،594 ފަތުރުވެރިން
- އިނގިރޭސިވިލާތް: 143،761 ފަތުރުވެރިން
- ޖަރުމަނުވިލާތް: 112،834 ފަތުރުވެރިން
- އިޓަލީވިލާތް: 111،584 ފަތުރުވެރިން
ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ޖުމްލަ 1276 ތަނަކަށް ހުއްދަ ދީފައިވާއިރު މިތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 64،719 އެވެ. ރާއްޖޭގައި މިހާރު 174 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 911 ގެސްޓުހައުސްގެ އިތުރުން، 161 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވާ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.


