logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސެންޓޭގެ މޮޅުކުޅުމާއެކު ވާދަވެރި ވެލެންސިއާ ބަލިކޮށް ނިއުއިން 100% ރެކޯޑާއެކު ކުރިޔަށް

އަބްދުﷲ ޣާނިމް
1 އޮކްޓޯބަރު 2025 - 14:00
ސެންޓޭގެ މޮޅުކުޅުމާއެކު ވާދަވެރި ވެލެންސިއާ ބަލިކޮށް ނިއުއިން 100% ރެކޯޑާއެކު ކުރިޔަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އާއި ވާދަކުރި މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކޮށްފިއެވެ. މިމެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ 2-0 އިންނެވެ. މި މެޗުގެ ދެ ގޯލު ވެސް ކާމިޔާބުކުރީ ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ.

ނުވަ އަހަރަށްފަހު ދެ ޓީމު ޕްރިމިއާ ލީގުގައި ބައްދަލުކުރި މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލު ކާމިޔާބު ނުކުރެވުނެވެ. ނަމަވެސް ދެވަނަ ހާފުގައި ނިއު ރޭޑިއަންޓްގެ ކެޕްޓަން ސެންޓޭ ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ގޯލު ކާމިޔާބުކުރީ 60 ވަނަ މިނެޓުގައި ބޮލުން ޖެހި ގޯލަކުންނެވެ. ދެވަނަ ގޯލު ކާމިޔާބުކުރީ 82 ވަނަ މިނެޓުގައި ޕެނަލްޓީ ސްޕޮޓުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަތަރު ސީޒަނަށްފަހު އަލުން ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ ނިއު ރޭޑިއަންޓް އިން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ. އަދި މި ތިން މެޗުގައި ޖުމްލަ 10 ގޯލު ކާމިޔާބުކޮށްފައިވާއިރު، އެއްވެސް ގޯލެއް ބައިކޮޅަށް ވަދެފައެއް ނުވެއެވެ. މިހާތަނަށް ކޮޅަށް ގޯލެއް ނުވަންނަ ހަމައެކަނި ޓީމަކީ ވެސް ނިއު ރޭޑިއަންޓެވެ.

މި މެޗުގައި ދަނޑުމަތީގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ކަމަށްވާ ސެންޓޭ ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ގޯލު ޖަހައިފައެވެ. އޭގެ ތެރެއިން މި މެޗުގައި ޖެހި ދެ ގޯލާއެކު އޭނާ ވަނީ މި ސީޒަންގައި މިހާތަނަށް ފަސް ގޯލު ކާމިޔާބުކޮށްފައެވެ.

POTM3.jpg

އެންމެ ފަހުން ދެ ޓީމު ޕްރިމިއާ ލީގުގައި ބައްދަލުކުރީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ގައެވެ. އެ މެޗު ވެލެންސިއާ އިން ކާމިޔާބުކުރީ 1-0 އިންނެވެ. އެ މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ، މިހާރު ގައުމީ ފުޓްސަލް ޓީމުގެ ކޯޗު، އަހުމަދު ނިޔާޒް (ނިޔަޓޭ) އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ނިއުރޭޑިއަންޓް އަންޑަރ 19 ޓީމުގެ ޓްރަޔަލް ހުޅުވާލައިފިކުޅިވަރު | ދުވަހެއް ކުރިންވޭމަންޑޫ ވެޔޮ އެކަޑަމީން ނިއުގެ ތަރިން ބައިވެރިވި ފޯރިގަދަ ފުޓްސަލް މެޗެއްކުޅިވަރު | މަހެއް ކުރިންއީތަން ޒަކީ ނިއުއަށް ސޮއިކޮށްފައިވާ ކަމަށް ބުނެ ފަތުރާ ޚަބަރުތައް ކްލަބުން ދޮގުކޮށްފިކުޅިވަރު | މަހެއް ކުރިންޓީސީ ބަލިކޮށް ނިއުރޭޑިއަންޓުން 13 ވަނަ ފަހަރަށް އެފްއޭކަޕް ކާމިޔާބުކޮށް ކުލަބުގެ ތާޜީޚުގައި ރެކޯޑް 50 ތަށި ހަމަކޮށްފިކުޅިވަރު | 2 މަސް ކުރިން