ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހީންގެ އާދަކާދަ ހިމާޔަތްކޮށްގެން ކުރިއަށްދިއުމަށް އިލްތިމާސްކުރައްވައިފި
3 އޮކްޓޯބަރު 2025 - 04:59
.webp&w=3840&q=75)
މިއަދު ފާހަގަކުރަމުންދާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހީންގެ ރީތި އާދަކާދަ ހިމާޔަތްކޮށްގެން ކުރިއަށްދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސް ވަނީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ މި ޞިނާޢަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްޤީކުރުމުގައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޤަައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިޔަަށް ދިޔުމަށް މި ސިނާޢަތާ ގުޅޭ އެންމެހާ ފަރާތްތަކަށް އެމަނިކުފާނުވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހުއެވެ. 2021 ވަނަ އަހަރުން ފެށިގެން އެ ދުވަސް ފާހަގަކުރަމުންދަނީ އެ ތާރީޚަކީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ވިހަމަނާފުށި 1972 ވަނަ އަހަރު ހުޅުވާ ޚިދުމަތް ދޭންފެށި ދުވަސްކަމަށްވާތީއެވެ.
ރާއްޖެއަޚީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށްވާއިރު މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
މި ވަގުތު ރާއްޖޭގައި ޖުމްލަ 1,278 ޓޫރިސްޓް ފެސިލިޓީގައި 64,758 އެނދު ހިންގަމުންދެއެވެ.
މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒު ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

-01.jpg&w=3840&q=75)
