logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2025 - 17:41
މުޒާހަރާގެ ތެރެއިން// ފޮޓޯ: ސޯޝަލް މީޑިއާ
މުޒާހަރާގެ ތެރެއިން// ފޮޓޯ: ސޯޝަލް މީޑިއާ

މިރޭ އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މިރޭގެ މުޒާހަރާގައި އެމްޑީޕީންވަނީ މަޖީދީމަގުން މަގުމައްޗަށް ނުކުތުމަށް މުޒާހަރާގެ ބައިވެރިންނަށް ގޮވާލާފައެވެ. އެއާއެކު ފުލުހުން ބުނެފައިވަނީ މަޖީދީ މަގުން ދާން ހުއްދަ ދީފައި ނުވާނެ ކަމަށާއި އެއްވުން ކުރިއަށް ގެންދަން ފުލުހުން ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ. ބޮޑުތަކުރުފާނު މަގުން ހިނގާފައި ގޮސް އާޓިފިޝަލް ބީޗަށް އެއްވުން ނިންމަން ހުއްދަ ދީފައި އޮތް ނަމަވެސް އެއާ ހިލާފު ވެފައިވާ ކަމަށް ފުލުހުން ދަނީ ބުނަމުންނެވެ. އެއާއެކު ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި މަގުމަތީގައި ބަހައްޓާފައިހުރި ބެރިކޭޓުތައް އުކާލުމާއި ފުލުހުންގެ ޝީލްޑްތައް އަތުލުމާ އަދި ފުލުހުންނާ ދިމާލަށް ފެންފުޅިފަދަ ތަކެތި މުޒާހަރާގެ ބައިވެރިންވަނީ އުކާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ފުލުހުން ބުނީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދީފައިވާނެކަމަށެވެ.

ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާކަމަށް ފުލުހުންވަނީ ބުނެފައެެވެ.

އެހެންކަމުން މި އަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި ފުރުސަތުގައިވެސް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް މުޒާހަރާގެ ބައިވެރިންނަށް ފުލުހުންވަނީ ނަސޭހަތްތެރިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ރެސްޓޯރެންޓެއްގެ މުވައްޒަފުންތަކެއް އިހުތިޖާޖުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިންބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެޗްއާރްސީއެމުން ބަލަނީޚަބަރު | ދުވަހެއް ކުރިންސްކޭމްގެ 55 މައްސަލައެއް މިމަހު ހުށަހަޅާފައިވޭ ޚަބަރު | ދުވަހެއް ކުރިންދެކާރާއި ދެ ސައިކަލްޖެހި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއްޚަބަރު | 5 ދުވަސް ކުރިން