logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ކުޅިވަރު

ޕެލަސް ބަލިކޮށް ތާވަލުގެ އެއްވަނައިގައި ސެޓްޕީސް އެފްސީ ހެވިފައި

އަބްދުﷲ ޣާނިމް
27 އޮކްޓޯބަރު 2025 - 03:30
 ޕެލަސް ބަލިކޮށް ތާވަލުގެ އެއްވަނައިގައި ސެޓްޕީސް އެފްސީ ހެވިފައި

ކްރިސްޓަލް ޕެލަސް 1-0 ގެ ނަތީޖާއަކުން ބަލިކޮށް، ޕްރިމިއާ ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މި މެޗުގައި އާސެނަލްގެ ހަމައެކަނި ގޯލު ޖަހައިދިނީ ލިބުނު ހިލޭޖެހުމަކުންތަނަވަސްވި ފުރުސަތެއްގައި ޕެލަސްގެ ކުރީގެ ކުޅުންތެރިޔާ އެބެރެޗީ އެޒޭ އެވެ.

ވެ. ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ރަނގަޅު ކުޅުމަކީ މިއީ ކަމަށްވާއިރު، ދެވަނަ ހާފުގައި މިކޭލް އަރްޓޭޓާގެ ޓީމަށް ލީޑު އިތުރުކުރެވޭނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައެވެ. މެޗު ނިމެންދެން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ގަބްރިއެލް މަގަލްހޭސް ވަނީ ހުރަސްދަނޑީގައި ބޯޅަ ޖަހާފައެވެ. އަދި ޑެކްލަން ރައިސް ފޮނުވާލި ބޯޅައެއް ޑީން ހެންޑަސަން ވަނީ ގޯލް ލައިނުން ހުއްޓުވާފައެވެ. މީގެ އިތުރުން ބުކާޔޯ ސާކާއަށްވެސް މިމެޗުގައި ގޯލުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސީޒަނުގައި އާސެނަލްގެ ދިފާޢީ ކުޅުން ވަރަށް ވަރުގަދައެވެ. އެގޮތުން މި ސީޒަނުގައި ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ މެޗުގައި ކްލީން ޝީޓު ހޯދާފައިވާއިރު، މި ސީޒަނުގައި އާސެނަލްގެ ބައިކޮޅަށް ވަދެފައިވަނީ އެންމެ ތިން ގޯލެވެ.

މިހަފްތާ ބަންދުގައި ޗެލްސީ އާއި މެންޗެސްޓަރ ސިޓީ އަދި ލިވަޕޫލް ބަލިވެފައިވާއިރު، މިއީ 2004 ގެ ފަހުން ޕްރީމިއަރ ލީގުގެ ތަށްޓެއް ކާމިޔާބުކުރުމުގެ އުއްމީދުގައި ތިބީ އާސެނަލް އަށް ވަރަށް މުހިންމު ނަތީޖާއެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

20 އަހަރުފަހުން އާސެނަލް އަށް ލީގު ލިބިދާނެކަމުގެ އުއްމީދުގެ ހުޅުކޮޅުކުޅިވަރު | 14 ގަޑިއިރު ކުރިން ޕެލަސް ބަލިކޮށް ތާވަލުގެ އެއްވަނައިގައި ސެޓްޕީސް އެފްސީ ހެވިފައިކުޅިވަރު | 7 ދުވަސް ކުރިންއާސެނަލްގެ ދަނޑުގައި ހޫނުފެން ނެތިގެން އެތްލެޓިކޯއިން ޔުއޭފާއަށް މައްސަލަ ހުށަހަޅައިފިކުޅިވަރު | 13 ދުވަސް ކުރިންޗެލްސީއިން އެލިފެންޓް ގަހުކުރިޔަށް އަރުވައިދީފިކުޅިވަރު | މަހެއް ކުރިން