logo
Bank of Maldives

Bank of Maldives

ޚަބަރު

ޗައިނާއިން ރާއްޖެއައި ފަތުުރުވެރިންގެ އަދަދު 3 ލައްކައާ ގާތަށް

އާމިނަތު ޝަފާ
28 އޮކްޓޯބަރު 2025 - 04:38
ޗައިނާއިން ރާއްޖެއައި ފަތުުރުވެރިންގެ އަދަދު 3 ލައްކައާ ގާތަށް

މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު  3 ލައްކައާ ގާތްކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް މުޅި ޖުމްލަ 290,941 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އެއާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ މުޅި ޖުމްލަ 1,798,421 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައް:

ޗައިނާ – 290,941 ފަތުރުވެރިން
ރަޝިއާ – 222,604 ފަތުރުވެރިން
އިނގިރޭސިވިލާތު – 159,125 ފަތުރުވެރިން
ޖަރުމަންވިލާތު – 131,937 ފަތުރުވެރިން
އިޓަލީވިލާތު – 119,098 ފަތުރުވެރިން

ރާއްޖެއަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން މިހާރު ޒިޔާރަތްކުރެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން 73.8 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ 21.4 އިންސައްތަ ފަތުރުވެރިންނެވެ. އަދި ހޮޓާތަކުގައި 2.6 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.


ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަމާޒު ހާސިލުކުރަން ދެން ބޭނުންވަނީ ފަސް ލައްކައެއްހާ ފަތުރުވެރިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާއިން ރާއްޖެއައި ފަތުުރުވެރިންގެ އަދަދު 3 ލައްކައާ ގާތަށްޚަބަރު | 5 ދުވަސް ކުރިންޑިސެންބަރު ފަހުކޮޅު ޝަންގްރިއްލާ ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 9 ދުވަސް ކުރިންލ. ގަސްގަނޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރަނީ ޚަބަރު | 11 ދުވަސް ކުރިންވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެޚަބަރު | 12 ދުވަސް ކުރިން