logo
Bank of Maldives

Bank of Maldives

ވިޔަފާރި

އަހަރުގެ ތިންވަނަ ކުއާޓަރގައި ބީއެމްއެލް އަށް 475 މިލިއަން ރުފިޔާގެ ސާފު ފައިދާ!

އިސްމާޢިލް ރާތިޢު
29 އޮކްޓޯބަރު 2025 - 04:50
ބީއެމްއެލް
ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ ތިންވަނަ ކުއާޓަރގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދާ، ލިބުނު ކުރިއެރުންތަކާއި ކާމިޔާބީތައް ހާމަކޮށްފިއެވެ.

ބޭންކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ކުއާޓަރގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދާފައި ވެއެވެ. މިއީ ދެވަނަ ކުއާޓަރއާ ދާދި އެއްވަރުގެ ނަތީޖާއެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަހަރުގެ ތިންވަނަ ކުއާޓަރގައި ބީއެމްއެލް އިން ވަނީ، ބޭނުންކުގެ ހިންގުމުގެ ހަރުދަނާކަމާއި ބޭނުންކުން ހޯދާފައިވާ ކުރިއެރުން ހާމަކޮށްދީ، 475 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދާފައެވެ.

ބޭންކުން ދޫކޮށްފައިވާ ލޯނުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް އައި އިރު އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ހިމެނޭހެން 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި، ތިންވަނަ ކުއާޓަރގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓު 51.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރަށް، ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައި ވާކަން ފާހަގަކުރެވެއެވެ.

ތިންވަނަ ކުއާޓަރގެ ނަތީޖާއާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި އެމްޑީ، މުޙައްމަދު ޝަރީފް ވިދާޅުވީ، ކުއާޓަރގައި ނެރެވުނު ހަރުދަނާ ނަތީޖާގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް ފަޚުރުވެރިވެލައްވާ ކަމަށެވެ.

މިދިޔަ ކުއާޓަރގައި ބީއެމްއެލް އިން ހޯދާފައިވާ އިތުރު ބައެއް ކާމިޔާބީތަކަށް ބަލާއިރު، މުޅި ރާއްޖެއަށް ޚިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެންމެ ނުވަ މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އޮކްޓޫބަރު މަހުގައި މި މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލާފައިވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، ބޭންކް އޮފް މޯލްޑީވްސް އިން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތީވެސް މިދޔަ ކުއާޓަރ ތެރޭގައެވެ. އެސްޑީއެފްސީއަކީ ޝަރީއާ ކޮމްޕްލައިންޓް ޚިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ ޚިދުމަތް ޤާއިމްކުރެވުމާއެކު، ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ގޮތުގައި ބޭންކުގެ ނަން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ބްރާންޗު، އޭޓީއެމް އަދި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި ޑިޖިޓަލް ފަސްޓް ޕޮލިސީއާއެކު ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކާއި އެކި މުޖުތަމައުތަކަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފިކުޅިވަރު | 13 ގަޑިއިރު ކުރިންއެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ރިބްރޭންޑް ކޮށްފިވިޔަފާރި | 3 ދުވަސް ކުރިންއެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢަށް ފައިނޭންސްކުރަން ބީއެމްއެލް އިސްލާމިކާއެކު ފަހުމުނާމާއެއްޚަބަރު | 3 ދުވަސް ކުރިންއަހުންގެ ރަށު، އަފޭންގެ ރަށު، އަހަންނަގެ ރަޓު، އަފުންގެ ރަށި، ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ޚިދުމަތް ލިބޭނެވިޔަފާރި | 4 ދުވަސް ކުރިން