logo
Bank of Maldives

Bank of Maldives

ވިޔަފާރި

ދުވާލަކު 3200 ޑޮލަރު ނެގޭ ބީއެމްއެލްގެ ވިސާ ޑެބިޓް ޕްލެޓިނަމް ކާޑު ތައާރަފްކޮށްފި

ޢައްފާން މުޙައްމަދު
29 އޮކްޓޯބަރު 2025 - 06:49
ދުވާލަކު 3200 ޑޮލަރު ނެގޭ ބީއެމްއެލްގެ ވިސާ ޑެބިޓް ޕްލެޓިނަމް ކާޑު ތައާރަފްކޮށްފި

ދިވެހިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ދިވެހިންގެ ބޭންކް، ޤައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސް އިން ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކުގެ ދަށުން، ދުވާލަކު 3200 ޑޮލަރު ނެގޭ ވިސާ ޕްލެޓިނަމް ކާޑު ތައާރަފްކޮށްފިއެވެ.

މި ކާޑު ތައާރަފް ކޮށްފައި ވަނީ،  "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ކާޑު އިފްތިތާހްކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކާޑުން ރާއްޖޭގައި ދުވާލަކު 3200 ޑޮލަރު އަދި ރާއްޖެއިން ބޭރުގައި 5000 ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ.

މި ކާޑުން ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު މިހާރު ނެގޭ އަދަދަށްވުރެ ދެ ގުނަ ބޮޑު އަދަދެއް ނެގޭނެއެވެ.

މި ކާޑަށް މިހާރުވެސް އިންޓަރނެޓް ބޭންކިންގ ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

ބީއެމްއެލްއިން ބުނީ، އެ ކާޑާއެކު ވިސާ ބައިނަލްއަގްވާމީ އޮފާތަކާއި 24 ގަޑައިރު ވިސާ ޕްލެޓިނަލް ކޮންލަންޓޭޝަން ވެސް ލިބޭނެ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކް އޮފް މޯލްޑިވްސް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން 30 މުވައްޒަފުންނާއެކު ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި             ވިޔަފާރި | 7 ދުވަސް ކުރިންފަތުރާ މަޢުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް: ޝަރީފްޚަބަރު | 9 ދުވަސް ކުރިންޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވޭ: ބީއެމްއެލްވިޔަފާރި | 14 ދުވަސް ކުރިންސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންނަށް އިތުރު ފުރުޞަތު ފަހިކޮށްދިނުމަށް ބީއެމްއެލްއިން އެހީވަނީކުޅިވަރު | މަހެއް ކުރިން