logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. އަތޮޅުން ދެމީހަކު ހައްޔަރުކޮށްފި

ޢައްފާން މުޙައްމަދު
1 ނޮވެމްބަރު 2025 - 06:49
މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. އަތޮޅުން ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލ. ދަނބިދުއާއި ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. 

މި ދެމީހުންގެ ތެރެއިން ލ. ގަން / ތުނޑި. ހުދުފަސް، އުމުރުން 60 އަހަރުގެ ޔޫސުފް ނަސީމް ހައްޔަރުކޮށްފައި ވަނީ މި ނިމުނު މަހުގެ 30 ވަނަ ދުވަހު ގަމުގައި ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުންނެވެ. ގަން ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އޭނާ ހާއްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އޭނާ ދިރިއުޅޭ ތަނުން، 5.39 ގުރާމްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ،

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން ޔޫސުފް ނަސީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މީގެ އިތުރުން، ހަމަ އެދުވަހު ދަނބިދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ލ. މުންޑޫ / ހީނާވިލާ، އުމުރުން 55 އަހަރުގެ އަޙްމަދު ޝަފީޤް އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ދަނބިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. ދަނބިދޫ ބަނދަރު މަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 46.32 ގުރާމެވެ. 

މި މައްސަލައާ ގުޅިގެން އަޙްމަދު ޝަފީޤްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. 

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަރަހަނާ މަންޒަރު ދައްކައި، ޖިންސީ ގޯނާކުރިކަމަށް ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންސްކޭމްގެ މައްސަލަތަކުގައި މިދިޔަ މަހު 1.3 މިލިއަން ރުފިޔާ ގެއްލުނުޚަބަރު | 14 ގަޑިއިރު ކުރިންއޯވަޓޭކް ކުރަން އުޅެނިކޮށް ދެ ކާރު ޖެހި ހައިވޭގައި އެކްސިޑެންޓެއްޚަބަރު | 16 ގަޑިއިރު ކުރިންމަސްތުވާތަކެތީގެ މައްސަލައެއްގައި ލ. އަތޮޅުން ދެމީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން