logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ބަނގުރަލާއެކު ހައްޔަރުކުރި 7 މީހުންގެ ތެރޭގައި އަންހެން ފުލުހެއް

ޢައްފާން މުޙައްމަދު
2 ނޮވެމްބަރު 2025 - 07:03
ބަނގުރަލާއެކު ހައްޔަރުކުރި 7 މީހުންގެ ތެރޭގައި އަންހެން ފުލުހެއް

ކ. ތުލުސްދޫގައި ހިންގާ ގެސްޓް ހައުސްއަކުން ބަނގުރަލާ އެކު އޮކްޓޯބަރު މަހު ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ފުލުހުހަކު ހިމެނޭކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކާ މައުލޫމާތު ހިއްސާކުރަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ކ. ތުލުސްދޫގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ކ. ތުލުސްދޫގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ. އެ އޮޕަރޭޝަނުގައި އެ ރަށުގެ ގެސްޓްހައުސްއެއް ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނުނީ 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެން ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެން ފުލުހަކު ހިމެނޭ ކަމަށެވެ. އެއީ ކޮންސްޓެބަލް އާމިނަތު މާޔާ ހުސެއިން ބަޝީރު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ އަންހެން މީހާ އެ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ބޯޑަށް ހުށަހެޅުމުން އޭނާ ވަޒީފާއިން ވަކިކުރުމަށް ލަފާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތަހުގީގު ބޭނުމަށް އެ މީހުންގެ ބަންދު އިތުރު ކުރުމާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުގެ ބަދަލުގައި ފުލުހުންނަށް ލިބިގެންވާ ބާރުގެ ދަށުން އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ. އެ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިރު، މަސްތުވާތަކެއްޗަށް ނެގެޓިވް ވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާއި އެ ނޫންވެސް ޖިނާއީ އެކިއެކި ކުށްތައް ކުރުމުގައި ފުލުހުންގެ ވަޒީފާގައި ތިބޭ ބައެއް ފަރާތްތަކުން ބައިވެރިވުމުގެ މައްސަލަތައް މީގެކުރިން ވެސް ފެންމަތިވެފައިވެއެވެ. އަދި އެ މައްސަލަތަކުގައި ފުލުހުން އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާކަން ވެސް ފާހަގަކޮށްލެވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޭންޑިން ކްރާފްޓް ހާދިސާ: ފަރުވާ ދެމުން އަންނަ ދިވެއްސެއްގެ ހާލު ސީރިއަސްޚަބަރު | 4 ގަޑިއިރު ކުރިންލޭންޑިން ކްރާފްޓް ބަންޑުންޖަހާލުން: އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ޚަބަރު | 6 ގަޑިއިރު ކުރިންލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެޚަބަރު | 6 ގަޑިއިރު ކުރިން މާދަމާ ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަނީޚަބަރު | 7 ގަޑިއިރު ކުރިން