logo
MPL

MPL

ޚަބަރު

ރޯދަމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަނީ

އާމިނަތު ޝަފާ
11 ނޮވެމްބަރު 2025 - 04:18
ރޯދަމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަނީ

އަންނަ ރޯދަމަހު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުގައި މިސްކިތަކަށް ގިނަވެގެން ނަގާނީ ދެ ޙާފިޡުން ކަމަށާއި، ކޮންމެ ޙާފިޡަކަށް ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް 500 ރުފިޔާގެ އިނާޔަތެއް ހަމަޖައްސައިދޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމިކް މިނިސްޓްރީން ބުނީ، މާލޭގެ  މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ފޯމް ހުށައަޅާނީ އެ މިނިސްޓްރީއަށެވެ. އަތޮޅުރޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ފޯމް ހުށައަޅަން ޖެހޭނީ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ އިދާރާއަށެވެ. ފޯމް ހުށައަޅަން ޖެހެނީ އަންނަ ޖަނަވަރީ މަހުގެ 22 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

އަދި އެ އިޢުލާނުގައި ބުނެފައިވަނީ، ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އިން ފޯމާއި އެހެނިހެން ލިޔުންތައް އެ މިނިސްޓްރީ އަށް ހުށަހަޅާނީ، އަންނަ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކަމަށެވެ.

އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާ ތަކުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ކަމަށް ވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

"އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހުއްދަ ދެވޭނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް މި މިނިސްޓްރީ އަށް ހުށަހަޅުއްވާ ލިޔުންތަކަށް ބަލާފައެވެ. މި އުސޫލާ ޚިލާފަށް ހުށަހަޅުއްވާ ފޯމުތަކަށް ޢަމަލުކުރެވެން ނޯންނާނެ ވާހަކަ ވެސް ދެންނެވީމެވެ." އިސްލާމިކް މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުލިގަމުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފިޚަބަރު | 8 ދުވަސް ކުރިން"21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" އަށް ޚާއްޞަ އިސްކަމެއް: ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | 18 ދުވަސް ކުރިން'މަޢުރިފާ' ފޮތް މައުރަޒު އޮކްޓޫބަރު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިޚަބަރު | 24 ދުވަސް ކުރިންދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | 2 މަސް ކުރިން