logo
Bank of Maldives

Bank of Maldives

ޚަބަރު

އަނިޔާ ކުރާކަމުގެ ރިޕޯޓެއް ލިބުމުން ދިޔައިރު ފެނުނީ 17 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި!

ޢައްފާން މުޙައްމަދު
11 ނޮވެމްބަރު 2025 - 12:49
އަނިޔާ ކުރާކަމުގެ ރިޕޯޓެއް ލިބުމުން ދިޔައިރު ފެނުނީ 17 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި!

މީހަކަށް އަނިޔާކުރާކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން ގެއަކަށް ގޮސް ބަލާ ފާސްކުރިއިރު، އެ ގެއިން 17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެމް.ޕީ.އެލް ޓަވަރެއްގެ އެޕާޓްމަންޓަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

މި ތަކެތި ފެނިފައިވަނީ 2025 ނޮވެމްބަރ 09 ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓަކަށް ފުލުހުން ރެސްޕޮންޑްކުރުމަށްފަހު އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރުކަމަށް ފުލުހުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޕާޓްމަންޓް ބަލާ ފާސްކުރިއިރު، ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުލުހުންނަށް ވަނީ ފެނިފައެވެ.

 މި މައްސަލައާ ގުޅިގެން، އެވަގުތު އެޕާޓްމަންޓުގައި ހުރި، ދަފްތަރު. ނަންބަރު ދރ 1786 / މާލެ، އުމުރުން 29 އަހަރުގެ މުޙައްމަދު ޖަޒުލާން އަޝްރަފު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މުޙައްމަދު ޖަޒުލާން އަޝްރަފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާށިދޫ ފަރަށް ބޯޓެއް އެރި ހާދިސާ: ގެެއްލުނު މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެޚަބަރު | 3 ގަޑިއިރު ކުރިންއަނިޔާ ކުރާކަމުގެ ރިޕޯޓެއް ލިބުމުން ދިޔައިރު ފެނުނީ 17 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި!ޚަބަރު | 16 ގަޑިއިރު ކުރިންމަންމަޔަކު ކުޑަ ދަރިފުޅަށް ޖިސްމާނީ އަނިޔާދީ ބަނގުރާ ބޮއެގެން ހުރެ ޖިންސީ އަނިޔާދިން މައްސަލައެއް ބަލަނީޚަބަރު | 19 ގަޑިއިރު ކުރިންހުޅުމާލެ ފަޅުތެރޭ އޮތް އުޅަނދެއްގައި ރޯވެ އަނދަނީޚަބަރު | 20 ގަޑިއިރު ކުރިން