logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބީއެމްއެލްއިން ޓްރާންސެކްޝަންތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

ޢައްފާން މުޙައްމަދު
11 ނޮވެމްބަރު 2025 - 17:04
ބީއެމްއެލްއިން ޓްރާންސެކްޝަންތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ޓްރާންސެކްޝަންތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް އިތުރުކޮށްފިއެވެ. މިއާއެކު ކަސްޓަމަރުން ބޭންކުގައި ރަޖިސްޓަރކޮށްފައިވާ ނަމްބަރަށް ވަޓްސްއެޕް މެދުވެރިކޮށް ފަސޭހަމަކާއެކު އޯޓީޕީ ލިބޭނެއެވެ.

ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް، އީމެއިލް އަދި އޮތެންޓިކޭޓަރގެ އިތުރުން ވަޓްސްއެޕް ހިމެނުމާއެކު ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަ ވެގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޚިދުމަތް ތަޢާރަފްކުރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޑިޖިޓަލް ބޭންކިންގެ ބޭނުންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެ ބޭންކުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ރައްކާތެރިކަމާއެކު ފައިސާދެއްކޭނެ މަގުތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

އޯޓީޕީ ލިބޭ ވަސީލަތެއްގެ ގޮތުގައި ވަޓްސްއެޕް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ، ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިންގެ ޚިދުމަތްތައް ރައްކާތެރިކަމާއެކު އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ ނުވަތަ ބޭންކިންގ އެޕް މެދުވެރިކޮށް އޯޓީޕީ ލިބެން އިޚުތިޔާރުކުރާ ގޮތް ބަދަލުކުރެވޭނެއެވެ.

އޯޓީޕީ ޗެނަލް ވަޓްސްއެޕްއަށް ބަދަލުކުރުމުގެ މަރުހަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލްއެއް ބޭނުންކުރަން ޖެހޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކް އޮފް މޯލްޑިވިސް އިން އެއްވެސް ކަމަކަށް ސަރުކާރަށް ޑޮލަރު ދީފައެއް ނުވާނެ: ޝަރީފުޚަބަރު | 23 ދުވަސް ކުރިންސްވައިޕް މެދުވެރިކޮށް ބައިނަލް އަގުވާމީ އެކައުންޓް ހުޅުވޭނެ، މިއީ އިންގިލާބީ ބަދަލެއް: ބީއެމްއެލްގެ ސީއީއޯވިޔަފާރި | 24 ދުވަސް ކުރިންބޭންކް އޮފް މޯލްޑިވްސް 1.7 ބިލިޔަން ޑޮލަރު ވިއްކައިފިވިޔަފާރި | މަހެއް ކުރިންބޭންކް އޮފް މޯލްޑިވްސްއާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިޚަބަރު | މަހެއް ކުރިން