logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް ސަރުކާރަށް ހަމަހަމަ ރައްޔިތެއް: ރައީސް

އައިޝަތު ނަޝާ
12 ނޮވެމްބަރު 2025 - 13:10
ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް ސަރުކާރަށް ހަމަހަމަ ރައްޔިތެއް: ރައީސް

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްނަމަ މިސަރުކާރުން ކޮށްދެއްވައި އެކަންކަންނިންމަމުންދާނެކަމަށާއި، ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް ސަރުކާރަށް ހަމަހަމަ ރައްޔިތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލެއަތޮޅު ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ރަށު ހިއްކިބިމު ސަރަޙައްދުގައި މިއަދު ހަވީރު ކުރިއަށްގެންދެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަޝްރޫތަކަކީ، ވައުދުވެ ވަޑައިގެންނެވި ގޮތަށް ފަށައިގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެއް ކަމަށާއި، ކޮންމެ ރަށަކުންވެސް ދެން ފިނިގެންދާނީ މަޝްރޫޢުތައް ފަށައި، ނިމިގެންދާ މަންޒަރުކަމަށްށެވެ. އަދި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަކީ މިސަރުކާރުގެ އަމާޒުކަމަށާއި، އެގޮތުގައި މަސައްކަތް ކުރައްވަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ގުޅީގެ ހިއްކިގެންދިޔަ ބިމަކީ ތަރައްޤީގެ ގިނަ ކަންކަން ފެށުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ލޭންޑް ޔޫސްޕްލޭން އެކުލަވާލެވި، ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށެވެ. ރައީސް ވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އެ ބިމުގައި ކުރުމަށް އެއްބާރުލުންދީ މަގުފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބޯހިޔާވަހިކާމާއި އިތުރު މަޝަރޫތައްވެސް ކުރިއަށްގެންދަންވެސް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ސަރުކާރު އޮންނާނީ ރައްޔިތުންނާއެކު ދާން ބޭނުންވާ މިސްރާބަށް ދިއުމުގައި ފުރިހަމައަށް އެއްބާރުލުންދީގެންކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބަނދަރު ބޮޑުކުުރުމުގެ މަޝްރޫޢުއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެމަޝްރޫޢުވެސް ބާރު ދުވެލީގައި ކުރިއަށްގެންދަވާނެކަމަށާއި، މިހާރުވެސް އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ބޭނުންވާ ސާމާނު ރަށުގައި ހުރިކަމަށެވެ. އަދި މިހާރުވެސް ހިނގަމުންދާ އިތުރު މަޝްރޫޢުތައް ނިންމުމަށް އިސްކަންދެއްވާކަމަށާއި އެއީ ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ކަންތައްކަމަށް ރައީސް ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީއާއެކު މިއަދު ސޮއިކުރެއްވި، ކ. ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުއްދަކީ 530 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަނދަރު އަދި ނެރު ފުންކުރުން، ކުރީގެ ބަނދަރު މަރާމާތުކުރުމާ، ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮއްޓާ އިންވެގެން ކޮންކްރީޓް ޖެޓީއެއް އެޅުން ހިމެނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި މަޝްރޫޢު ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންގުޅީ ބިންހިއްކުމުގެ މަޝްރޫޢު ނިމުން ރައީސް ފާހަގަކުރެއްވީ ތަރައްޤީގެ ޞަފުޙާއެއްގެ ގޮތުގައި ޚަބަރު | 3 ގަޑިއިރު ކުރިންރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް ސަރުކާރަށް ހަމަހަމަ ރައްޔިތެއް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންސަރުކާރުގެ 2 އަހަރުގެ އަދާހަމަ ހިއްސާކުރެއްވުމަށް މިއަހަރުވެސް ރައީސްގެ ބައްދަލުވުމެއް!ޚަބަރު | 5 ގަޑިއިރު ކުރިން