logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަލަސްތީނު ރާއްޖެ ޤައުމީ ޓީމުގެ މެޗުގެ ޕްލެޓިނަމް ސުވެނިއާ ޓިކެޓެއް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުން ބައްލަވައިގެންފި

އަބްދުﷲ ޣާނިމް
13 ނޮވެމްބަރު 2025 - 10:07
ފަލަސްތީނު ރާއްޖެ ޤައުމީ ޓީމުގެ މެޗުގެ  ޕްލެޓިނަމް ސުވެނިއާ ޓިކެޓެއް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުން ބައްލަވައިގެންފި

ރާއްޖެ އާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ގަލޮޅު ދަނޑުގައި ކުޅޭ އެކުވެރިކަމުގެ މެޗުގެ ޕްލެޓިނަމް ސުވެނިއާ ޓިކެޓެއް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުން ގަނެފިއެވެ.

މިއީ ފަލަސްތީނުގެ ފުޓްބޯޅަ ތަރައްގީކުރުމަށް އެހީވުމުގެ ގޮތުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވިއްކާ ސުވެނިއާ ޓިކެޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް ތައްޔާރުވުމަށް ރާއްޖޭގައި މިވަގުތު ކޭމްޕްކޮށްފައި އޮތް ފަލަސްތީނު ޓީމުން މިރޭ އާއި ހޮނިހިރު ދުވަހުގެރޭ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ދަނޑަށް ވަދެވޭނީ ހިލެއެވެ. ނަމަވެސް އެފްއޭއެމުން ވަނީ ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމުގެ ގޮތުން ސުވެނިއާ ޓިކެޓްތަކެއް ވިއްކަން ނިންމާފައެވެ. މި ޓިކެޓް ބައްލަވައިގަތުމަށްފަހު ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުގެ ޗެއާމަން އާއި އެފްއޭއޭމްގެ ރައީސް ވަނީ ގަލޮޅު ދަނޑުގައި ފޮޓޯއެއް ނަންގަވާފައެވެ.

ސުވެނިއާ ޓިކެޓްތަކުގެ ތެރެއިން ނިއުރޭޑިއަންޓުން ބައްލަވައިގަތް ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއްގެ އަގަކީ 1000ރ. އެވެ. މި ކެޓަގަރީން ވިއްކާނީ ޖުމްލަ 50 ޓިކެޓެވެ. މި ޓިކެޓްތަކުން ރޮސްޓަރަމް އާއި ވީއައިޕީގައި ތިބެ ކުޅިބަލަން ފުރުސަތު ލިބެއެވެ. މީގެ އިތުރުން ރޮސްޓަރަމްގެ ދެ ފަޅިން ގޮނޑިބަރީގައި ތިބެ މެޗު ބެލޭ ކެޓަގަރީން 500ރ. ގެ 200 ޓިކެޓް ވިއްކައެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ވަނީ 500 އަށް ވިއްކާ ޓިކެޓުގެ ވެސް 30 ޓިކެޓު ގަނެފައެވެ.

އެފްއޭއެމްއިން ބުނި ގޮތުގައި މި ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރާނީ ފަލަސްތީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ގޮތުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށެވެ. ފަލަސްތީނުގެ އެދުމުގެ މަތިން ރާއްޖޭގައި ބާއްވައިދޭ ކޭމްޕުގެ ހުރިހާ ހަރަދެއް ކުރަނީ ސަރުކާރުންނެވެ. އިންތިޒާމުތައް ހަމަޖައްސަނީ ސަރުކާރާއި، އެފްއޭއެމް ގުޅިގެންނެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު މި މަހުގެ 22 އިން 30 އަށް އިންޑިއާގައި އޮންނަ ކޮލިފައިންގައި ވާދަކުރާނީ އިންޑިއާގެ އިތުރުން އީރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނާ އެއް ގްރޫޕެއްގައެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ ކޭމްޕަކީ އެ ޓީމަށް ކޮލިފައިންއަށް ތައްޔާރުވުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިސް ބުރު އަތުން ނިއު އަށް ފަސޭހަ މޮޅެއް ކުޅިވަރު | 17 ގަޑިއިރު ކުރިންރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު، އެންމެ ތަޖުރިބާކާރު ކީޕަރު، ފައިސަލް ނިއުރޭޑިއަންޓަށްކުޅިވަރު | 6 ދުވަސް ކުރިންވިމެންސް ލީގު: "އޮޑިއާ ދެކޮޅަށް ނުކުންނަން ނިއުގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި"ކުޅިވަރު | 7 ދުވަސް ކުރިންވާދަވެރި ކުޅުމަކަށްފަހު ނިއުބަލިކޮށް 100% ރެކޯޑާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފިކުޅިވަރު | 10 ދުވަސް ކުރިން