logo
އޮޕަރޭޝަން އަލިމަގު: 87 ތަނެއް ބަލާ ފާސްކޮށް، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްBank of Maldives

Bank of Maldives

ރިޕޯޓް

އެއް ވަގުތަކު 100 ތަނުގައި: ރައްޔިތުންނަށްޓަކައި ނުކޮށް ދޫކޮށްލައްވާނެ އެއްވެސް ކަމެއްނެތް

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ނޮވެމްބަރު 2025 - 01:36
މަސްތުވާތަކެތި ވިއްކާ މީހުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ޕޮލިސް
މަސްތުވާތަކެތި ވިއްކާ މީހުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗަކީ ދިވެހިރާއްޖޭގައި މޫލާފައި އޮތް އެންމެ ބޮޑު ޤައުމީ މައްސަލައެވެ. ނަމަވެސް އެކިވެރިން އަރައި ފައިބައިގެން ދިޔައިރު، މި މައްސަލައިގެ މޫތައް ލުހެލައި މައްސަލަ ހައްލުކުރުމަށް އެކަށޭނަ މަސައްކަތްނުކުރެވި އޮތުމުގެ ނަތީޖާ އަކަށްވީ މި ވަބާގެ ވޭން ތަހައްމަލުކުރާން ނުޖެހޭ ޢާއިލާއެއް މި ޤައުމުގައި ނެތުމެވެ.

މި ސީރިއަސް މައްސަލައިގެ މޫތަކަކަކީ މަސްތުވާތަކެތީގެ ވަބާ ފެތުރުމަށް މަސްތުވާތަކެތީގެ ބާވަތްތައް އެތެރެކޮށް ވިއްކައި މާކެޓްކުރާ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނެވެ. އެ މީހުން އަތުލައި، މަސްތުވާތަކެތި ދައުރުވާ ރޫޓްތައް ހުއްޓުވައި، ސަޕްލައި ދައްކުރެވިގެން މެނުވީ މިކަމުގައި ހަމަޖެހޭ ނޭވާއެއް ލެވޭކަށް ނެތްކަން އެންމެންވެސް ދަނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވަބާއިން ޤައުމު ސަލާމަތް ކުރުމުގެ ހެޔޮ ނިޔަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ މިހިނގާ ސަރުކާރުގެ އޮތްކަން ހާމަވި ކަންކަން އެއް ކަމަކަށްވުރެ ގިނައެވެ. އެއްކަމަކީ ބާވެ، ފޫއަޅާފައި އޮތް މަސްތުވާތަކެތީގެ ޤާނޫނު އިސްލާޙް ކުރުމުގެ މަސައްކަތް ފެއްޓެވުމެވެ. އެ ޤާނޫނުގެ ބަދަލުގައި އައު ޤާނޫނެއް ފާސްކުރުމަށް މިހާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ބިލު ވައްދާފައެވެ. އެ ބިލުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ގާނޫނީ ބާރު ގަދަކުރުމަށް ބޮޑު އިސްކަމެއް ދީފައިވާއިރު، މަސްތުވާތަކެތީގެ ވިޔަފާރި ކުރުން މަދުކޮށް ހުއްޓުވުމަށް ގިނަކަންތައްތަކެއް ވަނީ ހުށަހަޅާފައެވެ. އެއިގެ ތެރޭގައި ރައީސް މުޢިއްޒު ޢިއުލާން ކުރެއްވި ފަދައިން މަރުގެ އަދަބުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެގޮތްތައް ވެސް އެ ބިލުގައި ވަނީ ހިމަނާފައެވެ. ދެވަނަ ކަމަކީ ރެކޯޑް ޢަދަދަކަށް މި ސަރުކާރުން މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގައި އެ އޮޕަރޭޝަން ތަކުގައި ރެކޯޑު އަދަދަކަށް މަސްތުވާތަކެތި އަތުލާފައިވުމެވެ. މިގޮތުން މި ސަރުކާރުގެ 17 ނޮވެމްބަރު 2023 އިން 17 އޮކްޓޯބަރު 2024 އަށް ހޭދަވި 11 މަސް ދުވަހުގެ ތެރޭގައި ފުލުހުން 328 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި އަތުލާފައިވެއެވެ.. މިއީ މިވެރިކަމުގެ ފުރަތަމަ އަހަރުގެ 11 މަސް ދުވަހު ހިސާބެވެ. މަސައްކަތެވެ.

Drug

މަސްތުވާތަކެތި ވިއްކާ މީހުންނާއި ދެކޮޅަށް ފެށި އޮޕަރޭޝަންގައި އަތުލައިގަތް ބައެއް ތަކެތި، ފޮޓޯ: ޕޮލިސް

 

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ރައީސް ޢިއުލާންކުރެއްވުން

ބުރާސްފަތި ދުވަހު ހެނދުނު މުޅިރާއްޖެ އަށް ފެތުރިގެން ދިޔަ ޚަބަރަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި ދެކޮޅަށް ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ފެށުމަށް ރައީސް އެންގެވި ޚަބަރެވެ. އެ ޚަބަރާއި ވިދިގެން އެކަމަށް ފުލުން އެއްފަހަރާ 100 ތަނުގައި ބޮޑު އޮޕަރޭޝަނެއް ފެށިކަން ޢިއުލާން ކުރިއެވެ.

''ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. މިގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް އަޅުގަނޑުވާނީ ފުލުހުންނަށް އަންގާފަ. އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ.'' އެ އޮޕަރޭޝަން ފެށުމަށް އެންގިކަން ޢިއުލާން ކުރަށްވައި ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފަވެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް "އޮޕަރޭޝަން އަލިމަގު"

ރައީސްގެ އެންގެވުމާއެކު، "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބުރާސްފަތި ދުވަހު ފެށިއެވެ. މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ ބޮޑު އޮޕަރޭޝަނެކެވެ.

ބުރާސްފަތި ދުވަހު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ފެށިއެވެ.

Drug

މަސްތުވާތަކެތި ވިއްކާ މީހުންނާއި ދެކޮޅަށް ފެށި އޮޕަރޭޝަންގައި އަތުލައިގަތް ބައެއް ފައިސާ، ފޮޓޯ: ޕޮލިސް

 

ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް

"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން އަލިމަގުގައި ބުރާސްފަތި ދުވަހު މެންދުރު 14:00 އާއި ހަމައަށް ދެކުނުގެ އަތޮޅުތަކުން 13 ތަނަކާއި 4 އުޅަނދެއް ބަލައި ފާސްކޮށް، 13 މީހަކު ހައްޔަރުކުރިއެވެ. މީގެ އިތުރުން އުތުރުގެ އަތޮޅުތަކުގައި ހިމެނޭ ރަށްރަށުން 17 ގެއެއް ބަލައި ފާސްކޮށް، 12 މީހަކު ހައްޔަރުކުރިއެވެ.

މި އޮޕަރޭޝަން ހިންގަނީ 6 މަސް ދުވަހުން ފުލުހުން އެއްކޮށްފައިވާ އިންޓަލެޖެންސް މަޢުލޫމާތުތަކަށް ރިޢާޔަތްކޮށެވެ. މި އޮޕަރޭޝަންގެ ތެރެއިން ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް ޖުމުލަ 86 ތަނެއް ބަލައި ފާސްކޮށް، 97 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ފުލުހުން ހާމަކުރިއެވެ.

Screenshot 2025-11-14 033827.png

މަސްތުވާތަކެތި ވިއްކާ މީހުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގައި އަތުލި ބައެއް ތަކެތި، ފޮޓޯ: ޕޮލިސް

 

ރައްޔިތުންނަށްޓަކައި ނުކޮށް ދޫކޮށްލައްވާނެ އެއްވެސް ކަމެއްނެތް

ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި މި ޤައުމީ މަސައްކަތަކީ މި ޤައުމަށް ބޭނުންވެފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ. މަސްތުވާތަކެތީގެ ވަބާގެ ސަބަބުން އެތައް މައިންބަފައިންނާއި، އަނބި ދަރީން ކަރުނައަޅައި، ޢާއިލާތައް ރޫޅި، އެކަމުގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަން ނެތިގޮސް، އިގްތިސާދީ ގޮތުން ވެސް ގެއްލުންތައް ވާ ދަރަޖައަށް ކަންކަން ހުރީ މަތީގައެވެ.

ރައީސް މުޢިއްޒުގެ މި މަސައްކަތްޕުޅުން ވެސް ދައްކުވައި ދެނީ އެމަނިކުފާނު ރައްޔިތުންނަށްޓަކައި ނުކޮށް ދޫކޮށްލައްވާނެއެއްވެސް ކަމެއް ކަމެއްހަމަނެތް ކަމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކުރުމުގެ ޢަޒުމު އައުކުރަންޖެހޭ: ރައީސް ޚަބަރު | ގަޑިއިރެއް ކުރިންގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ ކިބައިގައި އެބަހުރި: ސީޕީ ޚަބަރު | 2 ގަޑިއިރު ކުރިންއެއް ވަގުތަކު 100 ތަނުގައި: ރައްޔިތުންނަށްޓަކައި ނުކޮށް ދޫކޮށްލާނެ އެއްވެސް ކަމެއްނެތްރިޕޯޓް | 4 ގަޑިއިރު ކުރިންއޮޕަރޭޝަން އަލިމަގު: 87 ތަނެއް ބަލާ ފާސްކޮށް، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްޚަބަރު | 20 ގަޑިއިރު ކުރިން