ރައީސް ބައިވެރިވެވަޑައިގަންނަވާ "ދިވެހިންގެ ރާއްޖެ" ޖަލްސާ މިރޭ
14 ނޮވެމްބަރު 2025 - 06:24

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ "ދިވެހިންގެ ރާއްޖެ" ޖަލްސާ މިރޭ އޮންނާނެކަމަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ އިން ބުނެފިއެވެެ.
މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައެވެ.

Ad by Hajj Corporation
މި ޖަލްސާގައި ރައީސް ޑ މުޢިއްޒު ތަގްރީރު ކުރައްވާއިރު ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތާ ވެސް ގުޅިގެން ބާއްވާ މި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެކަމަށްޕީއެންސީން މައުލޫމާތުދެއެވެެ.
ޖަލްސާގައި ބައިވެރިވުމަށް އަތޮޅުތެރެއިންވެސް އާއްމު ރައްޔިތުން މާލެ އަންނަމުންދާއިރު ޕީއެންސީން ބުނީ މި ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.
މި ޖަލްސާއަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގަައި ބޭއްވޭ އެންމެ ބޮޑު ސިޔާސީ ހަރަކާތައް ވެގެންދާނެކަމަށް ޕީއެންސީން ބުނެއެވެ.
މި ޖަލްސާއާ ގުޅިގެން މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ހަރަކާތް ނިމެންދެން އާޓިފިޝަލް ބީޗް ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެތީ އެކަމަށް ސަމާލުވުމަށް ފުލުހުންވެސް ވަނީ އެދިފައެވެ.


