logo
Bank of Maldives

Bank of Maldives

ޚަބަރު

ތިލަމާލެ ބްރިޖްގެ 66 އިންސައްތަ ނިމިއްޖެ

އާމިނަތު ޝަފާ
14 ނޮވެމްބަރު 2025 - 07:32
ތިލަމާލެ ބްރިޖްގެ 66 އިންސައްތަ ނިމިއްޖެ

ތިލަމާލެ ބްރިޖް މަޝްރޫއުގެ 66.26 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މެންދުރަށް މައުލޫމާތު ދެއްވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތުގެ ތެރެއިން ތަނބުތަކުގެ ޕައިލިންގ މަސައްކަތް އެއްކޮށްނިމި ޕައިލްކެޕް އެޅުމުގެ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައިވާކަމަށާއި މާލެއާއި ވިލިމާލެ ދެމެދު ތަނބުތަކުގެ ހުރިހާ މަސައްކަތެއްވަނީ ނިމިފައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރެވެމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތްތައްކަމަށާއި ބްރިޖް ޑެކްއަށް ބޭނުންވާ 1222 ސެގްމަންޓްސްގެ ތެރެއިން މިހާތަނަށް 912 ސެގްމަންޓްސް ކާސްޓްކޮށް ވަނީ ނިމިފައިކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި މީގެ ތެރެއިން 437 ސެގްމަންޓްސް އިންސްޓޯލްކުރުމުގެ މަސައްކަތްތައްވެސް ވަނީ ނިމިފައެވެ.

ގުޅިފަޅުގައި މިވަގުތު ކުރިއަށްދަނީ ބްރިޖާއި ގުޅިގެން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތެވެ. އަދި ތިލަފުށީގައި މިވަގުތު ކުރިއަށްދަނީ ބްރިޖާއި ގުޅިގެން ތިލަފުށީގައި ޖެހުމަށް ހަމަޖެހިފައިވާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.

ތިލަމާލޭ ބްރިޖަކީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ.

ތިލަމާލެ ބްރިޖަކީ މާލެ ސަރަހައްދުގެ ތަރައްޤީއަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި ވާއިރު، މި ބްރިޖު ނިމުމުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ފާހަގަކުރެވޭ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަމާލެ ބްރިޖްގެ 66 އިންސައްތަ ނިމިއްޖެ ޚަބަރު | 8 ގަޑިއިރު ކުރިން