logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ޖަލްސާއަށް މިރޭ ހެންވޭރުގެ ގިނަ މަގުތަކެއް ބަންދު ކުރަނީ

އައިޝަތު ނަޝާ
14 ނޮވެމްބަރު 2025 - 07:44
ޕީއެންސީގެ ޖަލްސާއަށް މިރޭ ހެންވޭރުގެ ގިނަ މަގުތަކެއް ބަންދު ކުރަނީ

ސަރުކާރު ހިންގާ ޕީއެންސީއިން މިރޭ ބާއްވާ ޖަލްސާއަށްޓަކައި ހެންވޭރުގެ ބޮޑު ސަރަހައްދެއް އިރުއޮއްސުމަށް ފަހު ބަންދު ވާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު އިއުލާންގައި ވާގޮތުން، މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއާ ގުޅިގެން މިއަދުގެ 18:00 އިން ފެށިގެން އެ ހަރަކާތް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ވަނީ ނިންމައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ވަގުތުން ފެށިގެން ބޮޑުތަކުރުފާނުމަގު, ކާނިވާ ސަރަހައްދުން ފެށިގެން ކުރީގެ ޗީބޯ ރެސްޓޯރެންޓާ ހަމައަށާއި މަޖީދީމަގުގެ ވަކި ސަރަހައްދެއް އެއްކޮށް ބަންދުވާނެ ކމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތިން ފެށިގެން ހެންވޭރުގެ ބޮޑު ސަރަހައްދަކަށް ހަތަރު ފުރޮޅުލީ އުޅަނދު ނުވަދެވޭ ގޮތަށް ބަންދު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

މިފަދަ ކޮންމެ އެއްވުމަކާ ގުޅިގެން އެ ސަރަޙައްދެއްގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް ފުލުހުން އެ ސަރަޙައްދެއްގެ ސަލާމަތީ ކަންކަން ބަލަހައްޓާކަން ފާހަގަ ކޮށްލަންޖެހެއެވެ.

މިރޭގެ ޖަލްސާގައި ބައިވެރިވުމަށް އަތޮޅުތަކުގެ ރަށްތަކުން އެތައް ހާސް ބަޔަކު ވަނީ މާލެ އަރާފަ އެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓު ކާޓޫންތަކެއް ގެއްލުނު މައްސަލައިގައި ސީނިއަރ ސާޖެންޓެއް ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއައު ފީޗަރސްތަކާއެކު ފުލުހުންގެ "ޕޮލިސް އެމްވީ" އަލުން އިފްތިތާޙުކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންމިދިޔަ ހަފުތާގައި ސްކޭމްތަކުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނުޚަބަރު | 12 ގަޑިއިރު ކުރިން ޓޯވ އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 252 އުޅަނދެއް ޓޯވކޮށްފިޚަބަރު | ދުވަހެއް ކުރިން