logo
Bank of Maldives

Bank of Maldives

ޚަބަރު

ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖުތަމަޢެއް ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން:ފަސްޓް ލޭޑީ

އައިޝަތު ނަޝާ
14 ނޮވެމްބަރު 2025 - 10:24
މެޑަމް ސާޖިދާ
މެޑަމް ސާޖިދާ

ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖުތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓް ލޭޑީ މިފަދައިން ވިދާޅުވީ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

ފަސްޓް ލޭޑީ ވިދާޅުވީ ގުޅިގެން މަސައްކަތްކޮށްފިނަމަ ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުން އެންމެ ދުރުހެލި، މިފަދަ ބަލިތަކަށް އެންމެ އިތުބާރާއެކު ފަރުވާދެވޭ އެއް ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ލަނޑުދަނޑި ޙާޞިލުކުރެވޭނެ ކަމަށެވެ. އަދި ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހޯދައި، ޞިއްޙީ އާދަތަކުގައި ހިފެހެއްޓުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން އެ ކަމަނާ ވަނީ ރަނގަޅު ޞިއްޙީ އާދަތަކުގެ މަޢުލޫމާތު ހޯދައި، އެ އާދަތައް އަށަގެންނެވުމަށް އިލްތިމާސްކުރައްވައިފިއެވެ.


ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ނޮވެންބަރު މަހުގެ 14 ވަަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ހަކުރު ބަލިން ރައްކާތެރިވުމާ ބެހޭގޮތުން ހޭލުންތެރިކަން އުފައްދުމެވެ. އަދި ބަލި ތަޙައްމަލުކުރާ މީހުންގެ ދިރިއުޅުން ބައްޓަންކުރަންޖެހޭ ގޮތާ މެދު ހޭލުންތެރިކަން އުފެއްދުމަކީވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމެކެވެ.


ހަކުރުބަލި ތަޙައްމަލުކުރަމުންދާ ފަރާތް ތަކުން ހަކުރު ކޮންޓްރޯލްކޮށް ބައްޔާއެކު ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ވަކިގޮތަކަށް ދިރިއުޅުން ބައްޓަން ކުރަންޖެހެއެވެ. އެގޮތުން ޙާލަތު ދެނެގަތުމަށް އަދި ހަކުރު ކޮންޓްރޯލް ކުރެވިފައިވާ ކަން ކަށަވަރުކުރުމަށް އަދި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަނަކަށް ގެއްލުމެއް ލިބޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުން ހިމެނެއެވެ. ކެއިންބުއިން ވަކިގޮތެއްގައި ބެހެއްޓުމާއި ޤަވާޢިދުން ކަސްރަތުކުރުމަކީވެސް ބަލިން ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ކުރުން މުހިންމު ކަމެކެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖުތަމަޢެއް ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން:ފަސްޓް ލޭޑީޚަބަރު | 5 ގަޑިއިރު ކުރިންފަސްޓްލޭޑީ "ހެލްތު އެކްސްޕޯ 2025" ހުޅުވާދެއްވައިފިޚަބަރު | ދުވަހެއް ކުރިންރައީސްގެ ދެކަނބަލުންގެ ފަރާތުން، ނަޞްރުގެ ދުވަހުގެ ތަހުނިޔާ!ޚަބަރު | 11 ދުވަސް ކުރިންޖެނެރޭޝަނަލް ބޭން: ފަސްޓްލޭޑީ ވިދާޅުވީ މިއީ އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށްޚަބަރު | 13 ދުވަސް ކުރިން