logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުމަގުން އެތެރެކުރި ޑްރަގް އަތުލައި 16 މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ނޮވެމްބަރު 2025 - 15:39
މަސްތުވާތަކެތި ވިއްކާ މީހުންނާއި ދެކޮޅަށް ފެށި އޮޕަރޭޝަންގައި އަތުލައިގަތް ބައެއް ތަކެތި، ފޮޓޯ: ޕޮލިސް
މަސްތުވާތަކެތި ވިއްކާ މީހުންނާއި ދެކޮޅަށް ފެށި އޮޕަރޭޝަންގައި އަތުލައިގަތް ބައެއް ތަކެތި، ފޮޓޯ: ޕޮލިސް

ފަހުގެ އަހަރުތަކުގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށްވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި، އެކަމާ ގުޅިގެން 16 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދިން މައުލޫމާތުތަކަށް ބަލާއިރު، ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ސައުތު ޕޮލިސް ގުޅިގެން މި މަހުގެ 2 އިން 13 އަށް ވަނީ ގއ. އަދި ގދ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނަކީ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 16 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ގއ. މާމެންދޫއިން ހައްޔަރުކުރި 7 ފިރިހެނުންނާއި އަންހެނެކެވެ. އަދި ގދ. ވާދޫއިން 5 ފިރިހެނުން ހައްޔަރުކޮށްފައިވާއިރު، މާލެއިން 3 ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެކެވެ.

މި ބޮޑު އޮޕަރޭޝަންގެ ތެރެއިން ޖުމްލަ 18 ގެއަކާއި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށަކާއި 2 ހުސްބިން ވަނީ ބަލައިފާސްކޮށްފައެވެ. މީގެ އިތުރުން 2 ކާރާއި 5 ސައިކަލް ވެސް ބަލައިފާސްކޮށްފައިވެއެވެ. މިހާތަނަށް ހިންގުނު ބަލައިފާސްކުރުންތަކުގައި ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފައެވެ.

މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، ބަންދުގެ މުއްދަތު ވަނީ ކަނޑައަޅާފައެވެ. އެގޮތުން 3 މީހަކަށް 30 ދުވަސް، 6 މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އަނެއް އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ މިހާރު ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަކަށް ފެށި "އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން އަލިމަގުގައި ބުރާސްފަތި ދުވަހު މެންދުރު 14:00 އާއި ހަމައަށް ދެކުނުގެ އަތޮޅުތަކުން 13 ތަނަކާއި 4 އުޅަނދެއް ބަލައި ފާސްކޮށް، 13 މީހަކު ހައްޔަރުކުރިއެވެ. މީގެ އިތުރުން އުތުރުގެ އަތޮޅުތަކުގައި ހިމެނޭ ރަށްރަށުން 17 ގެއެއް ބަލައި ފާސްކޮށް، 12 މީހަކު ހައްޔަރުކުރިއެވެ.

މި އޮޕަރޭޝަން ހިންގަނީ 6 މަސް ދުވަހުން ފުލުހުން އެއްކޮށްފައިވާ އިންޓަލެޖެންސް މަޢުލޫމާތުތަކަށް ރިޢާޔަތްކޮށެވެ. މި އޮޕަރޭޝަންގެ ތެރެއިން ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް ޖުމުލަ 86 ތަނެއް ބަލައި ފާސްކޮށް، 97 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ފުލުހުން ހާމަކުރިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުމަގުން އެތެރެކުރި ޑްރަގް އަތުލައި 16 މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންޕީއެންސީގެ ޖަލްސާއަށް މިރޭ ހެންވޭރުގެ ގިނަ މަގުތަކެއް ބަންދު ކުރަނީޚަބަރު | 11 ގަޑިއިރު ކުރިންގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ ކިބައިގައި އެބަހުރި: ސީޕީ ޚަބަރު | 14 ގަޑިއިރު ކުރިންއެއް ވަގުތަކު 100 ތަނުގައި: ރައްޔިތުންނަށްޓަކައި ނުކޮށް ދޫކޮށްލާނެ އެއްވެސް ކަމެއްނެތްރިޕޯޓް | 17 ގަޑިއިރު ކުރިން