logo
Bank of Maldives

Bank of Maldives

ޚަބަރު

މި ސަރުކާރުގައި ސިޔާސީ ހައްޔަރީންނެއް ނުތިބޭނެ: ރައީސް

އާމިނަތު ޝަފާ
14 ނޮވެމްބަރު 2025 - 17:06
މި ސަރުކާރުގައި ސިޔާސީ ހައްޔަރީންނެއް ނުތިބޭނެ: ރައީސް

މި ސަރުކާރުގައި ސިޔާސީ ހައްޔަރީން ނުތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ދިވެހީންގެރާއްޖެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ސިޔާސީ ވެރިންނަށް ހެދި ޖަލު ގޮޅިތަކަށް ހުރީ ހުސްކޮށް ކަމަށާއި އެތަނަށް ލާނެ މީހަކު މިހާރު ނެތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރީގެ ސަރުކާރުތަކުގައި ވެރިކަމަށް 1 އަހަރު ނުވަތަ 2 އަހަރު ވާން ކައިރިވާއިރު ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ އެންމެން ތިބޭނީޖަލުގައިކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނަކީ ބަދަލުހިއްޕަވާނެ ވެރިއެއް ނޫންކަމަށާއި މީގެ ކުރިންވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރާ ތަނެއް ނުފެންނާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ކޮންމެ ވާހަކައެއް ދެއްކިއަސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދާ ހަމައަށް ބަދަލު ހިފުމުގެ ރޫހުގައި މި ސަރުކާރުން އަމަލު ކޮށްފައެއް ނޯންނާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ރައީސް ވަނީ ދެއްވާފައެވެ.

ހަގީގީ މާނަގައިގައި ރާއްޖެއަށް ހަމަޖެހުން އަންނަން ބޭނުންވާ ކަމަށާއި މި ސަރުކާރުން މަސައްކަތްކުރަނީ އެ ވިސްނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ހަމަޖެހުން އަންނާނީ ބަދަލު ހިފުމުގެ "ނުބައި ވިހަ އޮއިވަރު" ނައްތާލެވި، ގައުމު އިސްކޮށްގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ގާނޫނީ ވެރިކަން ތަންފީޒުކުރުމުގައި ދޫދިނުމަކީ އަދުލުވެރިކަން ދޫކޮށްލުންކަމަށް ވިދާޅުވެ އެކަން އެމޭރުމުން ނުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަަަމަޟާން މަހުގެ ކަަރަންޓު ބިލް 400 ރުފިޔާ އަށް ވުރެ ބޮޑެއް ނުވާނެ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންމި ސަރުކާރުގައި ސިޔާސީ ހައްޔަރީންނެއް ނުތިބޭނެ: ރައީސް ޚަބަރު | 2 ގަޑިއިރު ކުރިންކުރީގެ ވަޒީރު މަހުލޫފާއެކު ގިނަ ބަޔަކު ޕީއެންސީއާ ގުޅިވަޑައިގެންފި ޚަބަރު | 3 ގަޑިއިރު ކުރިންޖަލްސާއަށް އައި މީހުންނާއެކު މުޅި އާޓިފިޝަލް ބީޗް ސަރަޙައްދު ފުރާލައިފިޚަބަރު | 3 ގަޑިއިރު ކުރިން