logo
Bank of Maldives

Bank of Maldives

ޚަބަރު

ރަަަމަޟާން މަހުގެ ކަަރަންޓު ބިލް 400 ރުފިޔާ އަށް ވުރެ ބޮޑެއް ނުވާނެ: ރައީސް

އާމިނަތު ޝަފާ
14 ނޮވެމްބަރު 2025 - 18:08
ރަަަމަޟާން މަހުގެ ކަަރަންޓު ބިލް 400 ރުފިޔާ އަށް ވުރެ ބޮޑެއް ނުވާނެ: ރައީސް

ކުރިއަށްއޮތް ރަމަޞާންމަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް ދައްކަންޖެހެނީ 400 ރުފިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހީންގެ ރާއްޖެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ކަމަށާއި، ބާކީ ބަޔަކީ ޑިސްކައުންޓް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މަސްދަޅު ކޭސް ލިބޭނެ. ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ބާކީ ބަޔަކީ ޑިސްކައުންޓް.". ރައީސް މުއިއްޒު

މީގެ އިތުރުން އަންނަ ރަމަޞާންމަހު ދެއްވާ ހަދިޔާގެ ގޮތުގައި މިދިޔަ ރޯދައެކޭއެއްގޮތަށް އަންނަ ރޯދަމަހުވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރައްވާނެކަމަށް ވިދާޅުވިއެވެ.

 180 ގްރާމުގެ 48 ދަޅު ހިމެނޭ ތެޔޮ މަސްދަޅުކޭހުގެ 111،231 މަސްދަޅު ކޭސް  މިދިޔަ ރަމަޞާންމަހުވެސް ސަރުކާރުންވަނީ ގޭގެއަށް ބަހާފައެވެ.

މިދިޔަ އަހަރުވެސް ކަރަންޓު ބިލުން ޑިސްކައުންޓް ވަނީ ދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ އެޕްތަކެއް މަނާކުރުން: ރައްކާތެރި ޑިޖިޓަލް ޖީލެއް ބިނާކުރުމަށް އެޅޭ ބިންގަލެއްރިޕޯޓް | 5 ގަޑިއިރު ކުރިންމަރްހޫމް އާސިފް ގެ އާއިލާއަށް ރައީސް ގެ ތައުޒިޔާޚަބަރު | ދުވަހެއް ކުރިންރައީސް ވިދާޅުވީ ޓީމަކީ އާޖެންޓީނާ ކަމަށް، އެކަމަކު ތަށި ނެގުމުގެ ފުރުސަތު ބޮޑީ ފްރާންސް ކަމަށް!ޚަބަރު | 2 ދުވަސް ކުރިންކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | 2 ދުވަސް ކުރިން