logo
Bank of Maldives

Bank of Maldives

ދުނިޔެ

ލަންކާ އަށް އެރި ތޫފާނުގައި ސީދާ އަސަރުކުރި މީހުންގެ އަދަދު 774,724 އަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ނޮވެމްބަރު 2025 - 18:20
ލަންކާ އަށް އެރި ތޫފާނުގައި ސީދާ އަސަރުކުރި މީހުންގެ އަދަދު 774,724 އަށް

 

ސްރީލަންކާގައި ކުރިމަތިވެފައިވާ ގަދަ ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު 153 އަށް އަރާފައިވާ އިރު، 191 މީހުން އަދިވެސް ވަނީ ގެއްލިގެން ހޯދަމުން ކަމަށް އެ ގައުމުގެ ކާރިސާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނެފިއެވެ. މި ކާރިސާގެ ސަބަބުން ސީދާ އަސަރުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 774,724 އަށް އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު (29 ވަނަ ދުވަހު) ހަވީރު 6:00 ގައި ނެރުނު ބަޔާނެއްގައި ޑީއެމްސީން ބުނެފައިވާ ގޮތުގައި، މިހާރު ކުރިމަތިވެފައިވާ ކާރިސާގެ ސަބަބުން ޖުމްލަ 25 ޑިސްޓްރިކްޓްގެ 217,263 އާއިލާގެ 774,724 މީހުންނަށް ވަނީ ސީދާ އަސަރުކޮށްފައެވެ.

މަރުވި މީހުންގެ އަދަދު އިތުރުވަމުންދާ އިރު، ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު ވެސް ވަނީ 191 އަށް އަރާފައެވެ. ޑީއެމްސީން ބުނެފައިވާ ގޮތުގައި، ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ސަރަހައްދުތަކުގައި ސަލާމަތްކުރުމުގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ.

އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި ކާރިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެ ގައުމުގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ 798 ރައްކާތެރި މަރުކަޒުގައި ވަނީ ވަގުތީ ހިޔާ ހޯދާފައެވެ. މިގޮތުން، 27,494 އާއިލާގެ 100,898 މީހުން މިހާރު ވަނީ މި މަރުކަޒުތަކުގައި ބައިތިއްބާފައެވެ. މި މީހުންނަށް ބޭނުންވާ އަސާސީ އެހީތައް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ އިތުރުން އެހީދޭ ޖަމިއްޔާތަކުން ދަނީ ކުރަމުންނެވެ.

ބައެއް ސަރަހައްދުތަކުން ވިއްސާރަ ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވީ ނަމަވެސް، ގިނަ ޑިސްޓްރިކްޓްތަކުގައި ނުރައްކާ އަދިވެސް ބޮޑު ކަމަށް ޑީއެމްސީން ހާމަކުރެއެވެ. ވިއްސާރައިގެ ސަބަބުން ގެއްލުންވެފައިވާ ބޮޑެތި ސަރަހައްދުތަކުގައި ކަމާބެހޭ ފަރާތްތަކުން ދަނީ ސަލާމަތްކުރުމާއި، އެހީ ދިނުމުގެ އިތުރުން، ނުރައްކާތެރި ހިސާބުތަކުގައި ތިބި މީހުން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރަމުންނެވެ. ހާލަތު ރަނގަޅުވަންދެން ރައްކާތެރިކަމަށް ސަމާލުވުމަށް ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ބޭނުންވަނީ ހޮރްމުޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ޚަބަރު | 3 ދުވަސް ކުރިންއީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއެކު އެމެރިކާގެ އެއާކްރާފްޓް ކެރިއަރުތަކަށް ބާރުބޮޑުވެ، އޭޝިއާ ސަރަހައްދު ހުސްވެއްޖެދުނިޔެ | 21 ދުވަސް ކުރިންއިންޑޮނޭޝިއާއަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްދުނިޔެ | 22 ދުވަސް ކުރިންހޮރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަށް ސަރަހައްދީ އެއްބާރުލުމަށް އީރާނުން ގޮވާލައިފިދުނިޔެ | މަހެއް ކުރިން