logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްއެމްއައިގެ 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން'ގައި ރައީސް ބައިވެރިވެވަޑައިގެންފި

އާމިނަތު ޝަފާ
2 ޑިސެމްބަރު 2025 - 03:56
އެސްއެމްއައިގެ 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން'ގައި ރައީސް ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރެވުނު 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން' ގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ ހިޒް މެޖަސްޓީ ޗާލްސް ތިންވަނަ އިސްނަންގަވައިގެން އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވް (އެސް.އެމް.އައި.) އިންނެވެ. މި ބައްދަލުވުމުގައި، ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމް.ޑީ.ބީ.) ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ޤައުމުތަކުން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި އެމް.ޑީ.ބީ.ތައް މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބިލައިޒްކުމުގެ މަސައްކަތްތައް ހަލުވިކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ޑެޓް-ފޮރ-ކްލައިމެޓް" އަދި "ޑެޓް-ފޮރ-ނޭޗަރ" މަޝްރޫޢުތައް ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވާ، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުށަހަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މޫސުމީ ބަދަލުތަކަށް އެކަށޭނެ، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މިފަދަ އެހީތެރިކަމުގެ ފުރިހަމަ މަންފާ ލިބިގެންދާނެ ގޮތްތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އިތުރަށް އުފުލުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.

ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވްގެ މި ބައްދަލުވުމަކީ، ސަރުކާރުތަކުގެ ލަނޑުދަނޑިތަކާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ގުޅުވައިލުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްއެމްއައިގެ 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން'ގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރޭޖަރު ގެނެސް ރަސްމާލެ ހިއްކުން ތިން ގުނަ އަވަަސްކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންކައުންސިލަރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްދީގުކުރައްވައިފިޚަބަރު | 17 ގަޑިއިރު ކުރިން ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރެއިން ހަމަހަމަކާއެކު ކޮންމެ ރައްޔިތަކަށްވެސް ޞިއްޙީ ފަރުވާ ކަށަވަރުކުރަން ޖެހޭ :ރައީސްޚަބަރު | 18 ގަޑިއިރު ކުރިން