އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ސަޢުދީގެ ވަފުދެއް ރާއްޖެއަށް
2 ޑިސެމްބަރު 2025 - 04:44

އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެންބަސީން ބުނީ ސައުދީގެ އިންވެސްޓްމަންޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ރާއްޖެ އައިސްފައިވަނީ ދެ ގައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްގެ އެކި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްކަމަށެވެ.
ސަޢުދީ ޢަރަބިއްޔާއިން އަންނަނީ ރާއްޖޭގައި ހިނގާ އެކި މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Ad by Hajj Corporation
ސަޢުދީ ފަންޑް ފޮރ ޑިވަލޮޕްމެންޓް މެދުވެރިކޮށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު މި ފަންޑަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ވަރަށް މުހިންމު ބައިވެރިއެކެވެ. ސަޢޫދީ ފަންޑަކީ 1974 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށެވެ. މި ފަންޑުގެ މަޤްޞަދަކީ ލުއި ލޯނާއި ހިލޭ އެހީގެ ޒަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީ އަށް މަސައްކަތް ކުރުމެވެ. މި ގޮތުން ސަޢުދީ ފަންޑުން އެހީ ފޯރުކޮށްދިނުމުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ވަސީލަތްތަކާއި، ޞިއްޙަތާއި، ތަޢުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށެވެ.
ސަޢުދީ ފަންޑުން ވަނީ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް މި އަހަރުގެ އޭޕްރީލް މަސް އައިއިރު 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ މިހާތަނަށް ފޯރުކޮށްދީފައެވެ. ޚާއްޞަކޮށް، 2024 ވަނަ އަހަރުގެ މޭ މަހު، ސަޢުދީ ފަންޑުން ވަނީ މުހިންމު ދެ މަޝްރޫޢުއަކަށް 150 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށެވެ.އަދި 50 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫޢުއަށެވެ.


