logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް މަހްލޫފްގެ ނަން ފާސްކޮށްފި

އާމިނަތު ޝަފާ
2 ޑިސެމްބަރު 2025 - 05:46
ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް މަހްލޫފްގެ ނަން ފާސްކޮށްފި

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫފް އައްޔަން ކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމަވާދެއްވުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މިއަދު ބޭއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މަހުލޫފް ޖަޕާނު ސަފީރު ކަމަށް އައްޔަންކުރަން ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަހުލޫފަކީ ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރެއްވެސްމެއެވެ. މަހްލޫފް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީން ބޭއްވި ދިވެހިންގެ ރާއްޖެ ބޮޑު ޖަލްސާގެ ތެރެއިން ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

މަހުލޫފްވަނީ މީގެކުރިން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް މަހްލޫފްގެ ނަން ފާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންކައުންސިލަރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްދީގުކުރައްވައިފިޚަބަރު | 19 ގަޑިއިރު ކުރިންއޮންލައިންކޮށް މަޖިލީހަށް ޕެޓިޝަން ހުށައެޅޭ ގޮތަށް ފާސްކޮށްފިޚަބަރު | 19 ގަޑިއިރު ކުރިންއަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފިޚަބަރު | 21 ގަޑިއިރު ކުރިން