logo
Bank of Maldives

Bank of Maldives

ޚަބަރު

ޔޫއޭއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

އާމިނަތު ޝަފާ
2 ޑިސެމްބަރު 2025 - 06:50
ޔޫއޭއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

އެކުވެރި ޢަރަބި ޢިމާރާތުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

އެކުވެރި ޢަރަބި ޢިމާރާތުގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒަޔެދް އަލް ނަޙްޔާނަށާއި އެ ގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވައި ރައީސް ވަނީ ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުވެރި ޢަރަބި ޢިމާރާތަށް 2024 ވަނަ އަހަރު ދަތުރުފުޅެއް ކުރައްވާފައިވާއިރު މި ދަތުރުފުޅުން، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޔޫ.އޭ.އީ.އިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ޤައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ވަނީ ބައްދަކުރައްވާފައެވެ.

ޔޫއޭއީއާއެކު ރާއްޖެއިން ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރީ 1978 ވަނަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫއޭއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފިޚަބަރު | ގަޑިއިރެއް ކުރިންއެސްއެމްއައިގެ 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން'ގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 4 ގަޑިއިރު ކުރިން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރޭޖަރު ގެނެސް ރަސްމާލެ ހިއްކުން ތިން ގުނަ އަވަަސްކޮށްފިޚަބަރު | 19 ގަޑިއިރު ކުރިންކައުންސިލަރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްދީގުކުރައްވައިފިޚަބަރު | 20 ގަޑިއިރު ކުރިން