logo
Bank of Maldives

Bank of Maldives

ޚަބަރު

އެއް މިސްރާބަކަށް މަސައްކަތްކޮށް މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ގޮވާލައިފި

އާމިނަތު ޝަފާ
2 ޑިސެމްބަރު 2025 - 10:06
އެއް މިސްރާބަކަށް މަސައްކަތްކޮށް މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ގޮވާލައިފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެދިވަޑައިގެންފިއެވެ.

ސީޕީ މިކމަަށް އެދިވަޑައިގަތީ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ތަމްރީނު ދިނުމަށް ކުރިއަށް ގެންދާ އިންސްޕެކްޓަރ ކޯހުގެ 5 ވަނަ ބުރު ނިންމައި ދަސްވެނިންނަށް ސެޓްފިކެޓް ދިނުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ނަވީން ވަނީ އެއްބައިވަންތަކަމާއެކު އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވައި، ވަޒީފާގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން، އެއްމިސްރާބަކަށް މަސައްކަތްކޮށް މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

އަދި ކޯސް ފުރިހަމަކުރި ދަރިވަރުން އަމަލީ މައިދާނަށް ނިކުންނައިރު މި ހިދުމަތުން އުންމީދުކުރާ ގާބިލިއްޔަތުކަން ދައްކައިދިނުމަށާއި ނަޒާހަތްތެރިކަމާއެކު ލީޑްކުރެއްވުމަށާއި އިންސާފުވެރިކަމާއެކު މަގުދައްކައިދެއްވުމަށާއި ކަންކަން އިސްލާހު ކުރުމަށް މަސައްކަތްކޮށްދެެއްވުމަށް ސީޕީ އިލްތިމާސް ކުރެއްވިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި މިއަހަރުގެ ސެޕްޓެންބަރު 28 އިން 8 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 30 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަދުހަމްއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޢަބްދުލްރަހްމާން އަދި ބައެއް އެގްޒެކެޓިވް އޮފިސަރުން ގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެންދޫ ރައީސްގެ ސައިކަލު ގެއްލިގެން ހޯދިއިރު ފެނުނީ ކަނޑުފައްތާފައި އޮއްވައި 10 މީޓަރު އަޑިންޚަބަރު | 8 ގަޑިއިރު ކުރިންކޮސްމެޓިކްސް ފުޅީގައި ޑްރަގު އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ބަންދު މުއްދަތު އިތުރުކޮށްފި ޚަބަރު | 13 ގަޑިއިރު ކުރިންޖިނާއީ ބޮޑެތި ކުށްތައް ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ!ޚަބަރު | ދުވަހެއް ކުރިން