logo
Bank of Maldives

Bank of Maldives

ޚަބަރު

ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

ޢައްފާން މުޙައްމަދު
2 ޑިސެމްބަރު 2025 - 15:54
 ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައި ވަނީ ހޯމަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި ބިލެކެވެ. ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ 58 މެންބަރުންގެ ވޯޓުންނެވެ.

ޤާނޫނަށް ޢަމަލުކުރަން ފަށާތާ 24 މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި، ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

އަދި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވައިލުމަށްފަހު ތަންފީޒުކުރަންޖެހޭ ކަންކަމާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފީސިބިލިޓީ ހެދުމުގެ މާއްދާއަށް އެ މުއްދަތުގެ ތެރޭގައި ޢަމަލުކުރުން ލާޒިމް ނޫންކަމަށް ވެސް މި އިޞްލާޙުގައި ވަނީ ކަނޑައަޅައިފައެވެ.

ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރުގެ މުއްދަތަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ.

މި ޤާނޫނުގެ ދަށުން ފިސްކަލް ޒިންމާގެ ޗާޓަރާއި ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި ބަޖެޓު ނަތީޖާ ބަޔާނާއި ފިސްކަލް ހިރާސް ބަޔާނެއް އެކުލަވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓު ދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކޮށްގެން ނުވާނެ، އެންމެން ހަމަހަމަވާންޖެހޭނެ: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންރައީސަކަށް ރަސްދޫއިން ދެންނެވި އެންމެ ހޫނު މަރުހަބާ ރައީސް ޑރ. މުޢިއްޒުއަށް!ޚަބަރު | 13 ގަޑިއިރު ކުރިންރައްޔިތުންގެ ވިންދަން ފަސްޖެހުމެއްނެތް ޚިދުމަތްތަކުގެ އައު ބާބެއްރިޕޯޓް | 2 ދުވަސް ކުރިންމެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، އުފެއްދި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުތަކެއް!ޚަބަރު | 2 ދުވަސް ކުރިން