logo
Bank of Maldives

Bank of Maldives

ޚަބަރު

ފިލަން އުޅުމުން ހައްޔަރުކުރުމަށްފަހު ދޫކޮށްލައި، ޖިންސީ ގޯނާގެ ތުހުމަތުގައި ސަނީ އުމަރު އަލުން ހައްޔަރުކޮށްފި

ޢައްފާން މުޙައްމަދު
2 ޑިސެމްބަރު 2025 - 15:58
ފިލަން އުޅުމުން ހައްޔަރުކުރުމަށްފަހު ދޫކޮށްލައި، ޖިންސީ ގޯނާގެ ތުހުމަތުގައި ސަނީ އުމަރު އަލުން ހައްޔަރުކޮށްފި

ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމުން ދޫކޮށްލާފައި ހުއްޓައި ފިލަން އުޅެނިކޮށް ހައްޔަރުކުރި ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ، މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާގައި އިސްކޮށް އުޅުއްވި ޑރ. ހުސައިން ސަނީ އުމަރު ބަންދުން ދޫކޮށްލުމަށްފަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އަލުން ހައްޔަރުކޮށްފިއެވެ.

އިއްޔެ ސަނީ ރާއްޖެ އައުމާއެކު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް (އެފްސީޕީ)އަށް ހާޒިރުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ އިއްޔެ ހައްޔަރުކުރީ ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓައެވެ.

މި މައްސަލައިގެ އަދާހަމަ ހިއްސާކޮށް ފުލުހުން ބުނީ، ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވައި، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ބައެއް މަސްދަރުތަކުން ހާމަކުރާ ގޮތުގައި ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރޭގައި އަންހެން ކުއްޖަކާއި 18 އަހަރުން ދަށުގެ ދެ ފިރިހެން ކުދިން ހިމެނޭކަމަށް މަސްދަރުތަކުން ބުނެފައިވެއެވެ.

ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް ސަނީ ނިސްބަތްވާ ޓްރެވަލް ގާއިސްއިން މިދިޔަ ހޮނިހިރު ދުވަހު ބުނީ، އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ.

އަދި ސަނީއަށް ތުހުމަތުކުރެވޭ އަމަލުތަކަކީ އެ ކުންފުނީގެ ހިންގުމާއި ހަމަތަކާ ގުޅުންހުރި އަމަލުތަކެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ވެސް ދަ ޓްރެވަލް ގާއިސްއިން ދިނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓު ކާޓޫންތަކެއް ގެއްލުނު މައްސަލައިގައި ސީނިއަރ ސާޖެންޓެއް ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންއައު ފީޗަރސްތަކާއެކު ފުލުހުންގެ "ޕޮލިސް އެމްވީ" އަލުން އިފްތިތާޙުކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންމިދިޔަ ހަފުތާގައި ސްކޭމްތަކުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނުޚަބަރު | 17 ގަޑިއިރު ކުރިން ޓޯވ އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 252 އުޅަނދެއް ޓޯވކޮށްފިޚަބަރު | ދުވަހެއް ކުރިން