logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ވަގުތީ ޕާކިންގ ހުޅުވާލައިފި

އައިޝަތު ނަޝާ
7 ޑިސެމްބަރު 2025 - 11:26
މާލެ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ވަގުތީ ޕާކިންގ ހުޅުވާލައިފި

މާލެ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ޚާއްސަ ވަގުތީ ޕާކިންގ އާންމުންނަށް ހުޅުވާލައިފިއެވެ.

މިކަމަށްޓަކައި ހުޅުމާލެ ފޭސް 2 ގައި މިއަދު ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިއީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ތަރައްޤީކޮށްފައިވާ ތަނެކެވެ.

މި ޕާކިން ޒޯން ތަރައްޤީކޮށްފައިވަނީ، ހުޅުމާލެ ފޭސް 2 ގައި ހުންނަ އޮޅުހިޔާއާއި ޖެހިގެންނެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ވެހިކަލްތައް ޕާކު ކުރާނެ ތަނެއް ނެތިގެން މަގުތަކާއި އާންމުން އެއްވާ ތަންތަނުގައި އުނދަގޫވާ ގޮތަށް ވެހިކަލްތައް ޕާކުކޮށްފައި ހުންނަ ކަމަށާއި، ނަމަވެސް މި ޕާކިންގ ޒޯންއާއިއެކު މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ޕާކިންގ ސަރަހައްދެއް ހެދި ނަމަވެސް މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނީ، ޕާކިންއަށް ހުޅުވާލާފައިވާ ސަރަހައްދުތަކުގައި އާންމުން ޕާކު ކުރުމުން ކަމަށާއި، އެހެންކަމުން މި ސަރަހައްދުގައި ޕާކު ކުރެވޭ އުޅަނދުތައް އެތަނުގައި ޕާކު ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕާކިންއާއިއެކު މި ހުޅުވިގެންދަނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ޕާކު ކުރާނެ ޖާގައެއް ކަމަށެވެ. މިތަނުގައި 1200 އަށްވުރެ ގިނަ ވެހިކަލް ޕާކު ކުރެވޭނެއެވެ. މި ޕާކިންގައި ޕާކު ކުރެވޭނީ، ހަމައެކަނި 4 ފުރޮޅުލީ އުޅަނދުތަކަށެވެ.

މީގެކުރިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ޕާކިންގ ސަރަހައްދުތަކާއިއެކު މިހާތަނަށް 2500 ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ތަނަވަސްކޮށްދީފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ވަގުތީ ޕާކިންގ ހުޅުވާލައިފިޚަބަރު | 10 ގަޑިއިރު ކުރިން