logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް "މަސްވެރިންގެ ގުންޒަރު" މި ފަހަރުވެސް އޮންނާނެ

އާމިނަތު ޝަފާ
9 ޑިސެމްބަރު 2025 - 07:43
މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް "މަސްވެރިންގެ ގުންޒަރު" މި ފަހަރުވެސް އޮންނާނެ

މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "މަސްވެރިންގެ ގުންޒަރު" މިފަހަރުވެސް އޮންނާނެއެވެ.

މާދަމާ ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ މި ގުންޒަރުގައި ބައިވެރިވުމަށް މިހާރުވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ރ. ދުވާފަރަށް ވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުޒާރާއިން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ މަސްވެރިންގެ ގުންޒަރުގައި އެކި އަތޮޅުތަކުގެ މަސްވެރިންނާއި މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވާނެކަމަށެވެ.

ވުޒާރާއިން ބުނީ މި ފޯރަމަކީ މަސްވެރިކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މަސްވެރިންގެ ހިއްސާ އިތުރުކުރުމުގެ ގޮތުން މަސްވެރިންގެ ދުވަހާ ދިމާކޮށް ބާއްވާ މަޝްވަރާ ފޯރަމެއް ކަމަށެވެ.މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް މި ސިނާއަތާ ގުޅުންހުރި އެކިއެކި މައުލޫމާތު ދިނުމާއި ދިމާވާ ދަތިތައް ހައްލުކުރާނެ ގޮތްތަކާއި މި ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި ފަހަރު ބޭއްވޭ މި ގުންޒަރުގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ކެޔޮޅުންނާއި މަސްވެރިން އަދި މަސްވެރިކަމުގެ ދާއިރާގައި މަސް ޕްރޮސެސްކޮށް މި ވިޔަފާރީގައި އުޅުއްވާ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެން ކުރައްވާ ސުވާލުތަކަށް މިނިސްޓްރީއާއި މިފްކޯގެ ފަރާތުން ޖަވާބުދީ އެކަންކަން ތަފްސީލް ކޮށްދޭނެއެވެ.

މަސްވެރިމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ ކަންކަމެއް ސަރުކާރުން އިއުލާނު ކުރަމުން އަންނަ އިރު މަސްވެރިކަމުގެ ދާއިރާއަކީ ސަރުކާރުން ގިނަ ވައުދުތަކެއްވެފައިވާ ދާއިރާއެކެވެ.

މި އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ރ. ދުވާފަރުގައެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 10 ގަ އެވެ. 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް "މަސްވެރިންގެ ގުންޒަރު" މި ފަހަރުވެސް އޮންނާނެޚަބަރު | 2 ގަޑިއިރު ކުރިންލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރާ ލޯނު، 33 ފަރާތަކަށްޚަބަރު | މަހެއް ކުރިންފިޔޯރީ މަސް ފެކްޓްރީ ޤާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިންލައިސަންސެއް ނަގައިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭ ގޮތަށް ހަދައިފިޚަބަރު | މަހެއް ކުރިން