logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލްތަކުގެ ތަޖުރިބާ ދަތުރުތައް ގަވާއިދުގެ ތެރެއަށް ފައްތަން އުސޫލުތަކެއް ހަދަނީ

އާމިނަތު ޝަފާ
9 ޑިސެމްބަރު 2025 - 09:37
ނިމާލް އެލްޖީއޭގެ ސީއީއޯ ކަމަށް އައްޔަންކުރައްވާ ފަތްކޮޅު އަރުވަނީ
ނިމާލް އެލްޖީއޭގެ ސީއީއޯ ކަމަށް އައްޔަންކުރައްވާ ފަތްކޮޅު އަރުވަނީ

ކައުންސިލްތަކުން ކުރާ ތަޖުރިބާ ދަތުރުތައް ގަވާއިދުގެ ތެރެއަށް ފައްތަން އުސޫލުތަކެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ނިމާލު މިހެން ވިދާޅުވީ ކާށިދޫ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި ފަޅުރަށްތަކަކަށް ދިޔަ މައްސަލަ ފެންމަތިވުމާ ގުޅިގެން މެންދުރުން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކާށިދޫ ކައުންސިލްގެ 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އިދާރީ މުވައްޒަފުންނާ އެކު 18 މީހަކު 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 28 އިން 2023 ވަނަ އަހަރުގެ ޖެނުއަރީ 2 އަށް ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ތަޖުރިބާ ދަތުރެއް ކޮށްފައިވެއެވެ.

އެ ދަތުރަށް ކައުންސިލް ބަޖެޓުން 170،726ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މީހުން ދިރިނޫޅޭ ގދ. ކަފެނާ އާއި ގދ.ލާބަދޫއަށް ދިޔައިރު އެ ރަށްތަކަށް ދިއުމުގެ ބޭނުމާއި މަގުސަދު ދަތުރު ރިޕޯޓުގައި ބަޔާންކޮށްފައި ނެތް ކަމަށް އޮޑިޓުގައިވެއެވެ.

މައްސަލައިގައި ނިމާލް ވިދާޅުވީ ކާށިދޫ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި ފަޅުރަށްތަކަކަށް ދިޔަ މައްސަލައިގައި އަދި ވަކިގޮތެއް ނުނިންމާކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި އެކަހަލަ ކަންކަން ނުހިނގާނެ ގޮތަކަށް ކަންކަން ބައްޓަންކުރަން އުސޫލުތަކެއް ގާއިމުކުރުމުގެ ވިސްނުން އެބަހުރިކަމަށެވެ.

ތަޖުރިބާ ހޯދުމުގެ ނަމުގައި ކައުންސިލްތަކުން ރާއްޖެއާއި ރާއްޖެއިން ބޭރު ދަތުރުތައް ކުރަމުން އަންނައިރު މިއީ ގިނަ ރައްޔިތުންގެ ވެސް ކަންބޮޑުވުން އޮތް މައްސަލައެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކުގެ ތަޖުރިބާ ދަތުރުތައް ގަވާއިދުގެ ތެރެއަށް ފައްތަން އުސޫލުތަކެއް ހަދަނީ ޚަބަރު | 2 ގަޑިއިރު ކުރިން