logo
Bank of Maldives

Bank of Maldives

ޚަބަރު

އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިއަހަރު ހިންގި އިޖުތިމާޢީ އޮޑިޓްގެ ރިޕޯޓް އާންމުކޮށްފި

ޒިދާން މުޙައްމަދު
9 ޑިސެމްބަރު 2025 - 12:42
އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިއަހަރު ހިންގި އިޖުތިމާޢީ އޮޑިޓްގެ ރިޕޯޓް އާންމުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން 2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅިގެން، ހއ. ހޯރަފުށި އަދި ށ. ފުނަދޫގައި ހިންގި އިޖުތިމާޢީ އޮޑިޓްގެ ހޯދުންތައް ހިމެނޭ ރިޕޯޓް އާންމުކޮށްފިއެވެ.

މިއަހަރުގެ އޮޑިޓް ހިންގާފައިވަނީ ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އަދި ދަ ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ އެކައުންޓެބިލިޓީ އެންޑް އިންޓެގްރިޓީ މެޓަރސް ޕްރޮޖެކްޓްގެ ދަށުންނެވެ. މިއަހަރުގެ އިޖުތިމާޢީ އޮޑިޓްގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ މަޝްރޫޢެއް ކަމަށްވާ ހޯރަފުށީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢުއާއި، ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫޢު ވަނީ އޮޑިޓްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރިޕޯޓުގައި މި ދެ މަޝްރޫޢު ރާވައި ހިންގުމުގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި އެއްބަސްވުމުގައި ވާ ތާރީޚަށް މަސައްކަތް ނުނިމި ލަސްވުން، މުއައްސަސާތަކުގެ މެދުގައި ހުރި ގުޅުން ބަލިކަށިވުން، އަދި ޕްރޮޖެކްޓްތައް ހިނގަމުންދާ ގޮތުގެ ދެފުށްފެންނަ ނިޒާމެއް ޤާއިމުކުރެވިފައި ނެތްކަން ފާހަގަކުރެވިފައިވާ ކަމަށް އޭ.ސީ.ސީ އިން ބުނެއެވެ.  މަޝްރޫޢުތައް ހިނގަމުންދާ މިންވަރާއި ފެންވަރު ރަނގަޅަށް ބެލެހެއްޓުމަށް މިނިސްޓްރީތަކާއި، ކައުންސިލްތަކާއި، ކޮންޓްރެކްޓަރުންގެ މެދުގައި ވިލަރެސްކުރާނެ ނިޒާމެއް އތުމުގެ މުހިންމުކަން މި އޮޑިޓުން ފާހަގަވެފައިވެއެވެ. މީގެ އިތުރުން، މައުލޫމާތު ހާމަކުރުމުގައި އިސްނެގުމަށާއި، މަޝްރޫޢުތައް މޮނިޓަރކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށާއި، އަދި މަޝްރޫޢުތަކާ ގުޅޭ ފަންނީ އަދި ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމުގެ މުހިންމުކަން ވެސް ދެނެގަނެވިފައިވެއެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގެ ހާމަކަމާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އިޖުތިމާޢީ އޮޑިޓްތަކަކީ މުހިންމު ވަސީލަތެކެވެ. އެ ކޮމިޝަނުން ހިންގާ އިޖުތިމާޢީ އޮޑިޓްގެ މަގްސަދަކީ ދައުލަތް ހިންގުމުގައި މުއައްސަސާތަކާއި ރައްޔިތުންގެ ދައުރު ހަރުދަނާކޮށް ޒިންމާދާރުކަން އިތުރުކޮށް، ފައިސާއާއި ވަސީލަތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމަށް އެކަށައެޅިފައިވާ ނިޒާމުތައް ހަރުދަނާކުރުމެވެ.  ކޮމިޝަނުން މިއަހަރު ހިންގި އިޖުތިމާޢީ އޮޑިޓްގެ ރިޕޯޓް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިއަހަރު ހިންގި އިޖުތިމާޢީ އޮޑިޓްގެ ރިޕޯޓް އާންމުކޮށްފިޚަބަރު | ގަޑިއިރެއް ކުރިން