logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭއާއި ގަން އެއާޕޯޓުގައި ސިއްޙީ ޤާބިލްކަން އިތުރުކުރަން ހިންގި މަޝްރޫޢު ނިންމާލައިފި

ޢައްފާން މުޙައްމަދު
9 ޑިސެމްބަރު 2025 - 17:50
ވީއައިއޭއާއި ގަން އެއާޕޯޓުގައި ސިއްޙީ ޤާބިލްކަން އިތުރުކުރަން ހިންގި މަޝްރޫޢު ނިންމާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ސިއްޙީ ޤާބިލްކަން އިތުރު ކުރުމަށް ޖަޕާނުން ކުރިއަށް ގެންދިޔަ މަޝްރޫޢު ނިންމާލައިފިއެވެ.

މި މަޝްރޫޢަކީ ބޯޑަރ ކޮންޓްރޯލް ކުރުމާއި، ސެކިއުރިޓީ ވަރުގަދަކޮށް ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިކަން އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢު ހިންގާފައިވަނީ، ކޯވިޑް19 އާއި ގުޅިގެން މިފަދަ ބަލިތަކުން ރާއްޖޭގެ މައި ބަނދަރުތައް ރައްކާތެރިކޮށް ސަލާމަތް ކުރުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ސްޓްރެންތެނިންގ ދި ކެޕޭސިޓީ އޮފް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އެންޑް ގަން އިންޓަނޭޝަނަލް އެއަރޕޯޓް" މަޝްރޫޢުގެ ދަށުން ޖަޕާން ސަރުކާރުން ރާއްޖެއަށް ވަނީ 2.4 މިލިޔަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި މަޝްރޫޢު މިހާރު ވަނީ ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ.

މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

G7utoXlagAAiiLi.jpg

 

މި މަޝްރޫޢުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޤާބިލުކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތައް ކޮށްފައިވެއެވެ. އޭގެތެރޭގައި އެއަރޕޯޓުން ރާއްޖެ އެތެރެވާ މީހުންގެ ފަރާތުން ފެތުރިދާނެ ބަލިތައް ކުޑަ ކުރުމަށް ޒަމާނީ ބަޔޯމެޓްރިކް ކޮންޓްރޯލް ނިޒާމުތައް ޤާއިމު ކުރުމާއި، ފަސެންޖަރުންގެ ކަންކަން އަވަސް އަދި ރައްކާތެރިކަމާއެކު ކުރިއެރުވުމަށްޓަކައި، ދަތުރުކުރާ މީހުން ދެނެގަތުމުގެ ލިޔެކިޔުންތައް ބަލައި ޗެކް ކުރުމުގެ ނިޒާމުތައް ހަރުދަނާ ކުރުން ހިމެނެއެވެ. އަދި ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ތަމްރީންތަކާއި، ޞިއްޙީ ގޮތުން ތައްޔާރުވުމާއި، ސާފުތާހިރު ކަމާއި، ކުނި މެނޭޖްކުރުން ފަދަ ކަންކަން ހަރުދަނާ ކުރުމަށް ތަމްރީންތަކާއި، ވަސީލަތްތައް ފޯރުކޮށްދީފައިވެއެވެ.

ބައިނަލްއަޤްވާމީ ޞިއްޙީ ޤަވާޢިދުތަކާ އެއްގޮތަށް، ކުނި މެނޭޖް ކުރުމުގެ ރަނގަޅު އުޞޫލުތައް ޤާއިމުކޮށް، ތިމާވެށީގެ ރައްކާތެރިކަމުގެ މިންގަނޑުތައް މަތި ކުރުމާއި، ޞިއްޙީ އިދާރާތަކުން ކުއްލި ޙާލަތްތަކުގައި އަވަހަށް ޢަމަލު ކުރުމާއި، ހަރަކާތްތެރިވުމުގެ ޤާބިލުކަން އިތުރު ކުރުމަށްވެސް މި މަޝްރޫޢުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

G7utoXjasAA6dMm.jpg



މި މަޝްރޫޢުގެ ދަށުން ޖަޕާނު ސަރުކާރުން ވަނީ، ރާއްޖެއަށް ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް އާލާތްތަކާއި މެޝިންތައް ހަދިޔާކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭއާއި ގަން އެއާޕޯޓުގައި ސިއްޙީ ޤާބިލްކަން އިތުރުކުރަން ހިންގި މަޝްރޫޢު ނިންމާލައިފިޚަބަރު | 2 ގަޑިއިރު ކުރިން"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް އެމްއޭސީއެލް އިން 250,000ރ. ހަދިޔާކޮށްފިޚަބަރު | 9 ދުވަސް ކުރިންއެމްއޭސީއެލްގެ ބޯޑަށް ޖަމީލު އައްޔަންކޮށްފިޚަބަރު | 16 ދުވަސް ކުރިންއައު ޓާމިނަލުން އޮސްޓްރިއާގެ ގައުމީ އެއާލައިނަށް ޚިދުމަތްދޭން ފަށައިފިވިޔަފާރި | 24 ދުވަސް ކުރިން