logo
Bank of Maldives

Bank of Maldives

ޚަބަރު

ސުލްޠާން ޕާކުގެ މަރާމާތަށްފަހު އީދު ދުވަހު ހުޅުވަނީ

ޒިދާން މުޙައްމަދު
12 މާރިޗު 2026 - 11:32
ސުލްޠާން ޕާކުގެ މަރާމާތަށްފަހު އީދު ދުވަހު ހުޅުވަނީ

މަރާމާތަށް ބަންދުކޮށްފައިވާ ސުލްޠާން ޕާކު އީދު ދުވަހު ހުޅުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ސުލްޠާން ޕާކު އަލުން ތަރައްގީކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެތަން ބަންދުކުރީ މިދިޔަ އަހަރު އޮގަސްޓު 20ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީދު ފާހަގަކުރުމާ ބެހޭ ގޮތުން އެމްއެންޑީއެފުން ކުރި އިއުލާނެއްގައި ބުނީ އީދު ދުވަހު ސުލްޠާން ޕާކު ހުޅުވަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

ސިފައިން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "އީދު ހަވީރު 1447" ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުގައިވެއެވެ.

މިހަރަކާތްތައް ފަށާނީ ފިތުރު އީދު ދުވަހުގެ ހަވީރު 4:00 ގައި ކަމަށާއި ހަވިރު 6:00 އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ.

 އީދު ހަވީރަށް އާންމުންގެ ފަރާތުން މިދިޔަ އަހަރު ލިބުނު ތަރުހީބަށް ބަލައި މިފަހަރު "އީދު ހަވީރު 1447" ތިން ދުވަހަށް ކުރިއަށްގެންދާއިރު، މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށް ކަމަށް ވެސް ސިފައިން ބުންޏެވެ.

މީގެ އިތުރުން މި ހަވީރުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި ހުޅުމާލެ 2ގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައި "އީދު ހަވީރު 1447" ގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. 

އެމްއެންޑީއެފުން ބުނީ ކުޅިވަރުތަކާއި މުނިފޫހިފިލުވުމާއި އީދު ހަދިޔާ ދިނުން ވެސް އޮންނާނެ ކަމަށާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. 

އެމްއެންޑީއެފްގެ ހަރަކާތްތަކުގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ދޭނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިޔަ ގަސްތަކުން ފެހި ސުލްޠާން ޕާކު އަލުން ތަރައްގީ ކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

ސުލްޠާން ޕާކު މިހާރު އޮތްގޮތަށް ތަރައްގީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި އިރުއެވެ. އޭރު އެތަން ތަރައްގީ ކުރީ ސްނޯ ޕާކާ އެކު ނަމަވެސް އެތަން ފަހުން ވަނީ ބަންދުކޮށްފަ އެވެ.

ވިންޓާ ބިލްޑިންގް ނަގައި އެ ތަނުގައި ގޭމު ކުޅޭ މަރުކަޒެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް އޭރު ވިދާޅުވިއެވެ. ސުލްޠާން ޕާކު އަލުން ތަރައްގީކުރަނީ ދިވެހިންގެ އައިޑެންޓިޓީ އާއި ރާއްޖޭގެ ތާރީހު ދައްކުވައިދޭ ގޮތަށް ކަމަށާއި ޕާކުގެ މަސައްކަތް ނިމޭއިރު އެ ތަނުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުލްޠާން ޕާކުގެ މަރާމާތަށްފަހު އީދު ދުވަހު ހުޅުވަނީޚަބަރު | ގަޑިއިރެއް ކުރިން