logo
Bank of Maldives

Bank of Maldives

ވިޔަފާރި

ކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލުގެ އަސަރު މުއާމަލާތްތަކުގެ ތަފާސްހިސާބުން ހާމަވޭ: ބީއެމްއެލް ސީއީއޯ ޝަރީފް

ޒިދާން މުޙައްމަދު
12 މާރިޗު 2026 - 11:41
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް

ކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލުގެ އަސަރު މުއާމަލާތްތަކުގެ ތަފާސްހިސާބުން ހާމަވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން ލޯންޗުކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫސިޓީއަށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ މަގުސަދަކީ ހަމަ އެކަނި ވިޔަފާރީގެ ޚިދުމަތް ދިނުމެއް ނޫން ކަމަށާއި އެއާއެކު ތަރައްގީގެ މަގުގައި އެހީވެވޭނެ ރޮގުތައް ހޯދުމާއި، އެހީވުމަކީވެސް ބޭންކުގެ މަގުސަދެއްކަމަށެވެ. އޭނާ ވިދާޅުވީ، 1982 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 11 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް ހުޅުވިގެން ދިޔައީ ދިވެހިރާއްޖޭގެ މާއްދީ ތަރައްގީއަށް ރަމްޒުކުރާތަނެއްގެ ގޮތުގައި ކަމަށާއި ބޭންކް އޮފް މޯލްޑިވްސް އުފެދުނުއިރު، ރާއްޖޭގެ ބޭންކިންގ އަދި މާލީ ދާއިރާ އޮތީ ވަރަށް ބޮޑަށް ހަނިވެ، ތަރައްގީނުވެކަމަށެވެ.

ބީއެމްއެލްގެ ސީއިއޯ ވިދާޅުވީ، ރަސްމީ ބޭންކިންގ ޚިދުމަތްތައް މައިގަނޑު ގޮތެއްގައި ފޯރުކޮށްދެމުންދިޔައީ ބޭރުގެ ބޭންކުތަކުންކަމަށާއި އެ ދުވަސްވަރު ރާއްޖޭގެ ގިނަ މާލީ މުޢާމަލާތްތައް ހިންގަނީ ނަގުދު ފައިސާއިންކަމަަށެވެ. ބޭންކް އޮފް މޯލްޑިވްސް އުފެދިގެން ދިއުމަކީ، ގައުމީ އިޤްތިޞާދީ ތަރައްގީއަށް އެހީތެރިވުމަށް އަމާޒުކޮށްގެން، ދިވެހީންގެ ބާރު ހިނގާ ބޭންކިންގ ނިޒާމެއްގެ ފެށުންކަމަށްވެސް ޝަރީފް ވިދާޅުވިިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ބީއެމްއެލްއިން ވަނީ ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމުގައާއި، ދިވެހީންގެ އަތުގައި ނަގުދުކޮށް ހުރި ފައިސާ ބެންކިންގ ނިޒާމަށް ގެނެސް ފަހަށް ރައްކާކުރުމުގައާއި، ފަތުރުވެރިކަމާއި މަސްވެރިކަމާއި، އަދި ވިޔަފާރީގެ އެކި ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

HDNOJGXbQAoSS6F.jpg

ބީއެމްއެލްގެ ސްވައިޕް އައްޑޫ ސިޓީއަށް އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ބީއެމްއެލް



ޝަރީފް ވިދާޅުވީ މިއީ ދިވެހި އިގްތިސާދާ ގުޅިލާމެހިފައިވާ ބޭންކެއްކަމަށާއި އިޤްތިޞާދަށް އަންނަ ލޮޅުންތަކުގެ ނޭދެވޭއަސަރު ބޭންކަށްކުރާކަމަށެވެ. އަދި އިޤްތިޞާދަށް އަންނަ ކުރިއެރުންތަކާއެކު ބޭންކަށްވެސް ކުރިއެރުން ލިބޭ ކަމަށެވެ.

ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޤްތިޞާދީ އެއް ގޮންޖެހުމަކީ ޑޮލަރުގެ ދަތިކަންކަމަށާއި ރާއްޖޭގައި ކްރޮސްބޯޑަރ ޕޭމެންޓްގެ ޚިދުމަތް އެންމެ ފުޅާކޮށް ހުރިހާއި ދިވެހިންނަށް ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއަށް މި ގޮންޖެހުމާ ކުރިމަތިލާން ޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ ކާޑު ލިމިޓްތައް ކުޑަކޮށް އޮތުމާއި ޓީޓީ ހެދުމަށް ބޭންކުން ހަމައްސައިދޭ ޑޮލަރު ލިމިޓް ކުޑަވުމަކީ ރައްޔިތުން ކުރަމުން އައި އެންމެ ބޮޑު ޝަކުވާކަމަށެވެ. ސެޕްޓެމްބަރ 2020 އިން ބޭންކުން އާންމުންނަށް ދޫކޮށްފައި ހުރި ޑެބިޓްކާޑުގެ ލިމިޓަކީ 250 ޑޮލަރުކަމަށާއި ޓީޓީއަށް ދޫކުރެވެނީ އެންމެ 5 އިންސައްތަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތަކަށާއި ވިޔަފާރިވެރިންގެ ޓީޓީތަކާއި އެލްސީ ތަކަށް ބޭނުންވާ ޑޮލަރަށް ބަލާއިރު، މިއީ ދެމިއޮވެވޭނެ ހާލަތެއް ނޫން ކަމުން، ބޭންކުގެ ބޯޑާއި މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއްދީގެން މިކަމަށް ހައްލުތަކެއް ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރިކަމަށެވެ. އަދި ސަރުކާރާއެކު ކުރެވުނު މަސައްކަތުން ބޭންކުގެ ޑޮލަރު ޕޮޒިޝަން ރަނގަޅުވިކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑު ބޭނުން ކުރެވޭ އަދަދުތައް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ބޭންކަށް ކުރިން ދިމާވެފައިވާ ފޮރިން އެކްސްޗޭންޖް ޝޯޓް ޕޮޒިޝަން ހަރުދަނާ ސިޔާސަތެއްގެ ދަށުން ރަގަޅުކުރުމަށް ސަރުކާރުން އެހީތެރިވެ ދެއްވުމަށްފަހުގައި ކަމަށެވެ.

މީގެ އިތުރުން، ކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުން ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވުމުގައި ބޭންކުން އޮތް މިންވަރު ހާމަކޮށްދެނީ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުނެވެ. މިދިޔަ އަހަރު ބީއެމްއެލް ކާޑުތަކުން އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސް ހިމެނޭހެން ރާއްޖެއިން ބޭރުންކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 524 މިލިއަން ޑޮލަރަށް އަރާކަމަށް ޝަރީފް ވިދާޅުވިއެވެ. މިއީ މީގެ ކުރީއަހަރާ އަޅާބަލާއިރު 200 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއްކަމަށާއި އަދި ހަމައެކަނި މިއަހަރުގެ ޖަނަވަރީ މަހަށް ބަލާއިރުވެސް ކަސްޓަމަރުން މިވަނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފައިކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ކްރެޑިޓް ކާޑުގެ ލިމިޓްތަކަކީ ލިބޭ އާމްދަނީއާއި ބެންކިންގ ރިލޭޝަންޝިޕަށް ބަލާފައި ކަނޑައެޅޭ ލިމިޓްތަކަކަށް ވުމާއެކު ވިޔަފާރިތަކުން ހަދާ ޓީޓީއަށް ޑޮލަރު ދޭ މިންވަރު މިވަނީ މިހާރު 30 އިންސައްތައާއި 50 އިންސައްތައާ ހަމަޔަށް އިތުރުކޮށްދީފައިކަމަށެވެ. އެގޮތުން މި ހެޔޮ ބަދަލުތަކާއެކު ބޭންކަށް ވެސް ވިޔަފާރިތަކަށްވެސް އަދި އާންމު ފަރުދުންނަށްވެސް އޭގެ މަންފާ ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލުގެ އަސަރު މުއާމަލާތްތަކުގެ ތަފާސްހިސާބުން ހާމަވޭ: ބީއެމްއެލް ސީއީއޯ ޝަރީފްވިޔަފާރި | ގަޑިއިރެއް ކުރިންވީއައިއޭގައި ފައިސާ ފޭރުނު މައްސަލައިގައި 8 މީހަކަށް ދަޢުވާ އުފުލައިފިޚަބަރު | ދުވަހެއް ކުރިންބީއެމްއެލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" ރަސްމީކޮށް އިފުތިތާޙުކޮށްފިވިޔަފާރި | 8 ދުވަސް ކުރިންރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް!ޚަބަރު | 25 ދުވަސް ކުރިން