logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ހިރާސްތައް ރާއްޖޭން ދެނެގަންނަނީ

ޒިދާން މުޙައްމަދު
12 މާރިޗު 2026 - 11:51
 ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވި
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވި

މެދުއިރުމަތިގެ ހަނގުރާމައާ ގުޅިގެން ދިވެހި އިޤްތިޞާދަށް ކުރިމަތިވެދާނެ ހިރާސްތަކާ އަދި ސަލާމަތީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ގާތުން ދިރާސާކޮށް ބަލަމުން އަންނަކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޚަލީލް މިފަދައިން ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށާއި އޭގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި އިޤްތިޞާދީ ހަމަޖެހުމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ވަޒަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުމުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި މަސައްކަތްތައް މިހާރު ދިވެހި ސަރުކާރުން ފަށައިގެން ކުރިއަށްދާކަމަށެވެ.

ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ތެޔޮ ލިބުން ދަތިވުމާއި ގުޅިގެން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެދުއިރުމައްޗާއި ގަލްފުގެ ޤައުމުތަކުގައި ހިނގަމުންދާ ހަމަލާތަކާއި ރައްދުގެ ގޮތުގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން އިމްޕޯޓައް ބަރޯސާވެފައިވާ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ދިމާވެދާނެ އިޤްތިޞާދީ އަދި ސަމާލަތީ ކަންކަން އެ ކޮމިޓީއިން ބަލަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމާއި އެކަށީގެންވާ ވަގުތުގައި ހަރުދަނާ ނިޒާމެއްގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަަމަށް ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެއަށް ދިމާވެދާނެ ކަންކަމަށް ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ 9 މެންބަރުންގެ މައްޗަށް އެކުލެވޭ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވާފައެވެ.

މާރިޗު 1 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށެވެ.

މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
1. ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)
2. ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން
3. ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
4. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު
5. ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން
6. ހޯމް މިނިސްޓަރ ޢަލީ އިޙްސާން
7. ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް
8. ހަޔަޜއެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު
9. އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިވުޒާރާތަކުން ކަމާގުޅޭ އެންމެހާ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރަމުންދާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ހިރާސްތައް ރާއްޖޭން ދެނެގަންނަނީޚަބަރު | ގަޑިއިރެއް ކުރިން