logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކޭންގެ ހެޓްރިކާއެކު ފައިނަލުގައި ސްޓަޓްގާޓް ބަލިކޮށް ބަޔާން މިއުނިކުން ޑީއެފްބީ ޕޯކަލް ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
23 މޭ 2026 - 22:41
ކޭންގެ ހެޓްރިކާއެކު ފައިނަލުގައި ސްޓަޓްގާޓް ބަލިކޮށް ބަޔާން މިއުނިކުން ޑީއެފްބީ ޕޯކަލް ކާމިޔާބުކޮށްފި

ޖަރުމަނުގެ ޑީއެފްބީ ޕޯކަލް ފައިނަލްގައި ރޭ ސްޓަޓްގާޓް 3-0 އިން ބަލިކޮށް، ބަޔާން މިއުނިކުން މި ސީޒަނުގެ ޑޮމެސްޓިކް ޑަބަލް ކާމިޔާބުކޮށްފިއެވެ. ބާލިންގެ އޮލިމްޕިއާސްޓޭޑިއަންގައި ކުޅުނު މި މެޗުގައި ބަޔާންގެ ތަރި ހެރީ ކޭން ވަނީ ހިތްގައިމު ހެޓްރިކެއް ހަދައި، 2020 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ޓީމަށް މި މުބާރާތް ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. ސްޓަޓްގާޓްގެ ޑެނިޒް އުންޑާވް ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކޭން އަށް ޕެނަލްޓީއެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 55 ވަނަ މިނެޓުގައި މައިކަލް އޮލީސޭ ނެގި ހުރަހަކުން ކޭން ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ބަޔާންއަށް ލީޑު ނަގައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަޔާންގެ ސަޕޯޓަރުން ރޯކުރި ފްލެއާސްތަކުގެ ދުމުގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު ނަމަވެސް، މެޗުގެ ފަހުކޮޅު ބަޔާންއިން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. މެޗުގެ 80 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭން ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސްޓަޓްގާޓްގެ އެންޖެލޯ ސްޓިލާގެ އަތުގައި ބޯޅަ ބީހުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ކޭން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ކޭންގެ ތާރީޚީ ރެކޯޑުތައް

މި ހެޓްރިކާއެކު ހެރީ ކޭން ވެފައިވަނީ ޑީއެފްބީ ޕޯކަލް ފައިނަލެއްގައި ހެޓްރިކް ހެދި ހަތަރުވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ އުވޭ ސީލާ (1963)، ރޯލަންޑް ވޮލްފާތު (1986) އަދި ރޮބާޓް ލެވަންޑޯސްކީ (2012) އެވެ. މީގެ އިތުރުން ކޭން ވަނީ މި ސީޒަނުގައި ކުޅުނު 51 މެޗުން 61 ލަނޑު ހަމަކޮށްފައެވެ.

ކޭން އަކީ މި މުބާރާތުގެ ހުރިހާ ބުރެއްގައި ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާވެސް މެއެވެ. އޭނާ ވަނީ މި ސީޒަނުގައި އެކަނިވެސް ސްޓަޓްގާޓާ ދެކޮޅަށް އަށް ލަނޑު ޖަހާފައެވެ. މިއީ އޭނާގެ ކެރިއަރުގައި އެއް ސީޒަނެއްގައި ވަކި ޓީމަކާ ދެކޮޅަށް މިހާ ގިނަ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީއާއެކު ބަޔާން މިއުނިކުން ވަނީ 2025-26 ގެ ސީޒަން ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޭންގެ ހެޓްރިކާއެކު ފައިނަލުގައި ސްޓަޓްގާޓް ބަލިކޮށް ބަޔާން މިއުނިކުން ޑީއެފްބީ ޕޯކަލް ކާމިޔާބުކޮށްފިކުޅިވަރު | 7 ގަޑިއިރު ކުރިންފަހަތުން އަރައި 3 ގޯލުޖަހައި ލެވަރކޫސަން ޑީއެފްބީ ޕޯކަލްގެ ސެމީފައިނަލަށް ދަތުރުކޮށްފިކުޅިވަރު | އަހަރެއް ކުރިން