logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނާއެކު ވެވޭ އެއްބަސްވުމުގެ ބޮޑުބައި ނިމިއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
24 މޭ 2026 - 00:54
އީރާނާއެކު ވެވޭ އެއްބަސްވުމުގެ ބޮޑުބައި ނިމިއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަނގުރާމަވެރި ހާލަތު ނިމުމަކަށް ގެނައުމަށްޓަކައި ވެވޭ އެއްބަސްވުމުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއާއި، އީރާނާއި އަދި އެހެނިހެން ގައުމުތަކުގެ މެދުގައި ވެވޭ މި އެއްބަސްވުމުގެ މަޝްވަރާތައް ގާތްގަނޑަކަށް ނިމި، މިހާރު އޮތީ ފައިނަލް ކުރުމުގެ މަރުހަލާގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމާ ގުޅޭގޮތުން ސަރަހައްދީ ބައެއް ލީޑަރުންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް ވާހަކަދެއްކެވި ކަމަށާއި، މި މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ ފަހުގެ ތަފްސީލުތައް މިހާރު ދިރާސާ ކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެކަން ރަސްމީކޮށް އިއުލާން ކުރައްވާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގައި މުހިންމު ދައުރެއް އަދާކުރާ "ސްޓްރެއިޓް އޮފް ހޯރްމުޒް" އަލުން ހުޅުވާލެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ޕާކިސްތާނުގެ އިސްލާމްއާބާދު މެދުވެރިކޮށެވެ. މި މަޝްވަރާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ކަންބޮޑުވުންތަކަށާއި، އީރާނަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ މައްޗަށެވެ.

މި އެއްބަސްވުމަކީ މެދުއިރުމަތީގެ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނގުރާމަ ހުއްޓާލައި ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން އެއްބަސްވެއްޖެ: ރިޕޯޓްދުނިޔެ | 40 މިނިޓު ކުރިންއީރާނާއެކު ވެވޭ އެއްބަސްވުމުގެ ބޮޑުބައި ނިމިއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފިދުނިޔެ | ގަޑިއިރެއް ކުރިންއެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ބޮޑުވެ، ހޯރްމުޒް ކަނޑުއޮޅިން ތެޔޮ ޓޭންކަރުތައް ނުކުންނަން ފަށައިފިދުނިޔެ | 4 ދުވަސް ކުރިންއެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ރޭވި ހަމަލާތައް ޓްރަމްޕް ކެންސަލްކޮށްފިދުނިޔެ | 4 ދުވަސް ކުރިން