logo
Bank of Maldives

Bank of Maldives

ދުނިޔެ

އުފަންދުވަސް ފާހަގަކުރަން އުޅުމުގެ ތެރޭގައި އަލިފާން ފަރުބަދައަކުން ވެއްޓި އަންހެނަކު މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 މޭ 2026 - 01:02
އިންގްރިޑް ޑެނިއެލާ ވޭރާ ފިގޭރޯއާ
އިންގްރިޑް ޑެނިއެލާ ވޭރާ ފިގޭރޯއާ

ޗިލީގެ މަޝްހޫރު އަލިފާން ފަރުބަދައެއް ކަމަށްވާ ލައިމާ ވޮލްކޭނޯއަށް އޭނާގެ 42 ވަނަ އުފަންދުވަސް ފާހަގަކުރުމަށް އެރި އަންހެނަކު، 2،000 ފޫޓު މަތިން ތިރިއަށް ވެއްޓި މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ޗިލީގެ ވިލާރިކާ ސިޓީގެ އެލެގްޒެންޑަރ ގްރަހަމް ބެލް ސްކޫލްގެ ގަވަރުނަރެއްގެ މަގާމުގައި ހުރި، ދެ ކުދިންގެ މަންމައެއް ކަމަށްވާ އިންގްރިޑް ޑެނިއެލާ ވޭރާ ފިގޭރޯއާއެވެ. މިދިޔަ އާދީއްތަ ދުވަހު ކޮންގުއިލިއޯ ނޭޝަނަލް ޕާކުގައި ހުންނަ މި ފަރުބަދައަށް އޭނާ އެރީ ރައްޓެހިންތަކަކާއެކު އުފަންދުވަސް ފާހަގަކުރުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޕޯޓްތައް ބުނާގޮތުން، ފަރުބަދައަށް އަރަމުންދިޔަ ވަގުތު ފޮޓޯ ނެގުމަށް އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި އޮތް "އައިސް ޕިކް" (ސްނޯމަތީގައި ހިފަހައްޓަން ގެންގުޅޭ ކަށި) ދޫވެ، ބެލެންސް ކަޓައިގެން ވަރަށް ފުން ވަޅުގަނޑަކަށް ވެއްޓުނީއެވެ. މި ހާދިސާ ހިނގުމުގެ މަދު ގަޑިއިރުތަކެއް ކުރިން އޭނާ ވަނީ ސޯޝަލް މީޑިއާގައި މެސެޖެއްވެސް ކޮށްފައެވެ. އެ މެސެޖުގައި އޭނާ ބުނެފައިވަނީ އުފަންދުވަހު މިފަދަ ދަތުރަކަށް ދެވޭތީ ވަރަށް އުފާވާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ކަންތައްތަކާ މެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހިތުގައި އޮތް ކަމަށެވެ.

Screenshot 2026-05-24 060942.png

އަންހެންމީހާ އުފަން ދުވަސް ފާހަގަކުރަން އެރި ފަރުބަދަ

 

ހާދިސާ ހިނގުމާއެކު އޭނާގެ ރައްޓެހިން ކަމާބެހޭ ފަރާތްތަކަށް އެންގި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ސަލާމަތްކުރާ ފަރާތްތަކަށް އެ ސަރަހައްދަށް ދިއުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ބާރު ވަޔާއެކު ހެލިކޮޕްޓަރަށް އެ ސަރަހައްދަށް ކައިރި ނުވެވުމުން، އޭނާގެ ހަށިގަނޑު ނެގުނީ ޖެހިގެން އައި ހޯމަ ދުވަހުގެ ހެނދުނުއެވެ.

ނޭޝަނަލް ފޮރެސްޓް ކޯޕަރޭޝަން (ކޮނަފް) ގެ ޑައިރެކްޓަރު ހެކްޓަރ ތިލޭރިއާ ވިދާޅުވި ގޮތުގައި، މި ގްރޫޕުން ފަރުބަދައަށް އެރުމުގެ ކުރިން ހޯދަންޖެހޭ ހުއްދަތައް ހޯދާފައެއް ނުވެއެވެ. އަދި މި ދުވަސްވަރަކީ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ފިނިހޫނުމިން ސުމަކަށްވުރެ ދަށަށް ގޮސްފައިވާ ދުވަސްވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

9،842 ފޫޓު އުސް މި ފަރުބަދައަކީ ޗިލީގައި ހުރި އެންމެ ނުރައްކާތެރި އެއް އަލިފާން ފަރުބަދައެވެ. މީގެ އަހަރެއް ކުރިންވެސް މި ފަރުބަދައަށް އެރި ފަތުރުވެރިއަކު ގެއްލިގެން ހޯދާފައިވާއިރު، މިދިޔަ އަހަރު އިންޑޮނޭޝިއާގެ ރިންޖާނީ ފަރުބަދައިން ވެއްޓި ބްރެޒިލްގެ ފަތުރުވެރިއަކުވެސް ވަނީ މަރުވެފައެވެ.

އިންގްރިޑް މަސައްކަތްކުރި ސްކޫލުން ވަނީ އޭނާއަކީ ވަރަށް ޒިންމާދާރު، އޯގާތެރި އަދި މަސައްކަތަށް ކަމޭހިތާ މީހެއްގެ ގޮތުގައި ސިފަކޮށް، އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުފަންދުވަސް ފާހަގަކުރަން އުޅުމުގެ ތެރޭގައި އަލިފާން ފަރުބަދައަކުން ވެއްޓި އަންހެނަކު މަރުވެއްޖެދުނިޔެ | ގަޑިއިރެއް ކުރިންބިލިއަނަރު އާނަންދު އާއި ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރު ނޮޓިންގް ހިލްގެ ފްލެޓްތަކެއް ގަނެފިދުނިޔެ | 13 ގަޑިއިރު ކުރިންދުނިޔޭގެ އެންމެ ބޯތަލަ މީހުން ގިނަ ގައުމަކަށް ސްޕެއިން ދުނިޔެ | 5 ދުވަސް ކުރިންއޮސްޓްރޭލިއާގެ މަޝްހޫރު ފަތުރުވެރި ސަރަހައްދެއްގައި މިޔަރެއްގެ ހަމަލާގައި ޑައިވަރަކު މަރުވެއްޖެދުނިޔެ | 6 ދުވަސް ކުރިން