logo
Bank of Maldives

Bank of Maldives

ޚަބަރު

ދިގުމުއްދަތަކަށް ބޭނުންކުރާ ބޭސްތައް ދެމެެހެއްޓެނިވިކޮށް ލިބޭގޮތް ހަދާނެ: ރައީސް

ދިގުމުއްދަތަކަށް ބޭނުންކުރާ ބޭސްތައް ދެމެެހެއްޓެނިވިކޮށް ލިބޭގޮތް ހަދާނެ: ރައީސް

ދިގުމުއްދަތަކަށް ބޭނުންކުރާ ބޭސްތައް ދެމެެހެއްޓެނިވިކޮށް ލިބޭގޮތް ހަދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް"ގައި ވާހަކަފުޅުދައްކަވަމުން ބޭހުގެ މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން ދެއްވާ އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ބޭސް ކުންފުނިން ބޭހުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތް އެއްފަހަރާ ކުރަމުންދާކަމަށެވެ. އެގޮތުން ދިގުމުއްދަތުގެ ބޭސް ބޭނުންކުރާ ފަރާތްތަކަށް ދެމެހެއްޓެނިވިގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންގެންދަވާކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ސްޓޭޓް ފާމާ ކުންފުންޏަކީ އެކަަމަށް އުފެއްދި ކުންފުންޏެއް ކަމަށާއި އެ ކުންފުނިން މިހާރުވެސް ވަރަށް ގިނަ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ޖޫން ނުވަތަ ޖުލައިއާ ހަމައަށް ދާއިރު ވަރަށް ބޮޑުތަނުން އެމައްސަލަ ހައްލުވެ، ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެކުންފުނީގެ ފުރަތަމަ ބޭސް ފާމަސީ އައިޖީއެމްއެޗްގައި ގާއިމުކޮށް، ހޮސްޕިޓަލަށް ބޭނުންވާ ބޭސް ވަގުތުން ލިބޭނެ އިންތިޒާމު ދެމެހެއްޓެނިވިގޮތެއްގައި މިހާރުވަނީ ހަމަޖައްސަވާފައެވެ. އަދި ސްޓޭޓް ފާމާގެ ދަށަށް ފާމަސިތައް އައުމާއެކު ބޭސް ފިހާރައިން ނުލިބޭ ބޭސްތައް، ރާއްޖެއިން ބޭރުން ގެނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މިކަމަށްޓަކައި ހާއްސަ ހޮޓްލައިން ނަމްބަރެއްގެ ގޮތުގައި 1505 ގާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާއިރު، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ބޭނުންވާ ބޭހަކަށް އެދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ބޭސް ކުންފުނީގެ ޕޯޓަލް "ސްޓޭޓް ފާރމަރ ޕޯޓަލް" ތައާރަފްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފައްދެވީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. ބޭހާއި ގުޅިގެން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ޙައްލެއް ގެނައުމުގެ މަޤުޞަދުގައި އުފެއްދެވި މި ކުންފުނިން ބޭހުގެ މައްސަލަތައް ހައްލުކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުންގެންދެއެވެ. މީގެ ތެރޭގައި އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގަމުންދިޔަ ހުރިހާ ބޭސް ފިހާރައެއް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުމުއްދަތަކަށް ބޭނުންކުރާ ބޭސްތައް ދެމެެހެއްޓެނިވިކޮށް ލިބޭގޮތް ހަދާނެ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންރައީސްގެ އިތުބާރުނެތްކަމަށް ވޯޓުނަގަން ފުރުސަތެއް ނުދޭނަން: އަބުދުއްރަޙީމްޚަބަރު | 10 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި 63 ޒުވާނުންނަށް ރައީސް މަރުހަބާ ކިޔައިފިޚަބަރު | 20 ގަޑިއިރު ކުރިންގައުމުގެ މުޖުތަމައު ހަމަޖެހުމަކަށް ގެނައުމަށް ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިން