logo
Bank of Maldives

Bank of Maldives

ޚަބަރު

ޗައިނާގެ މައިނެއްގައި ހިނގި ގޮވުމުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

އައިޝަތު ނަޝާ
24 މޭ 2026 - 12:18
ޗައިނާގެ މައިނެއްގައި ހިނގި ގޮވުމުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ޗައިނާގެ ޝަންޒީ ޕްރޮވިންސްގައި ކޯލް މައިންއެއް ގޮވާ ހިނގި ހަދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިން ޕިން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޝަންޒީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި ނުރައްކާތެރި ގޭސް ގޮވުމުގެ ހާދިސާގައި 82 މީހުން މަރުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. މި ހާދިސާގައި ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، އިތުރު އެތައް ބަޔަކަށް އަނިޔާވި މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޗައިނާއާއެކު ސާބިތުކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅވުިއެވެ. އެމަނިކުފާނު ވަނީ މި ހާދިސާގެ އަސަރުކުރި ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދިވަޑައިގެން، މިހާރު ކުރިއަށްދާ ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑު 7:29 ހާއިރު ގިންޔުއާން ކައުންޓީގެ ލިއުޝެންޔޫ ކޯލް މައިންގައެވެ. މި ގޮވުން ހިނގި ވަގުތު 200 އަށްވުރެ ގިނަ މަސައްކަތްތެރިން ބިމުގެ އަޑީގައި މަސައްކަތް ކުރަމުން ދިޔަކަމަށް ލޯކަލް އިމަޖެންސީ އޮފިޝަލުންނާ ހަވާލާދީ އެ އެޖެންސީން ބުނެފައިވެއެވެ.

ޝަންޒީ ޕްރޮވިންސަކީ ޗައިނާގައި އެންމެ ގިނައިން ކޯލް އުފައްދާ ސަރަހައްދެވެ. ވޭތުވެދިޔަ އަހަރު އެކަނިވެސް އެ ސަރަހައްދުން 1.3 ބިލިއަން ޓަނުގެ ކޯލް ނަގާފައިވާއިރު، މިއީ މުޅި ގައުމުގައި އުފައްދާ ކޯލްގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ. ޗައިނާއިން ކޯލް ބޭނުންކުރުން މަދުކުރަން މަސައްކަތް ކުރި ނަމަވެސް، ދާދި ފަހުން ނެރުނު ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ގައުމުގެ އެހީގައި ބޭރު ގައުމުތަކުގައި ހިންގާ ކޯލް މަޝްރޫއުތައް ދަނީ އިތުރުވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާގެ މައިނެއްގައި ހިނގި ގޮވުމުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | ގަޑިއިރެއް ކުރިންދިގުމުއްދަތަކަށް ބޭނުންކުރާ ބޭސްތައް ދެމެެހެއްޓެނިވިކޮށް ލިބޭގޮތް ހަދާނެ: ރައީސްޚަބަރު | 8 ގަޑިއިރު ކުރިންރައީސްގެ އިތުބާރުނެތްކަމަށް ވޯޓުނަގަން ފުރުސަތެއް ނުދޭނަން: އަބުދުއްރަޙީމްޚަބަރު | 17 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި 63 ޒުވާނުންނަށް ރައީސް މަރުހަބާ ކިޔައިފިޚަބަރު | ދުވަހެއް ކުރިން